އިންގްލެންޑުން ވޯލްޑް ކަޕަށް ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނު ކޮށްފައިވާއިރު، ކުރީގެ އެއް ނަންބަރު ގޯލްކީޕަރ ޖޯ ހާޓް އަށާއި، އާދަމް ލަލާނާ އަދި ޖެކް ވިލްޝެއާއަށް ގެރެތު ސައުތުގޭޓްގެ ޓީމުން ޖާގައެއް ނުލިބުނެވެ.
މިދިޔަ ވޯލްޑް ކަޕްގައި ވެސް އިންގްލެންޑްގެ ގޯލު ބެލެހެއްޓި ޖޯ ހާޓްއަށް ސްކޮޑުން ޖާހަ ނުލިބުނީ ވެސްޓް ހޭމްގައި އޭނާއަށް މި ސީޒަންގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާތީއެވެ. އޭނާގެ ބަދަލުގައި ސްކޮޑްގައި ހިމަނާފައިވަނީ ނިކް ޕޯޕް އެވެ.
އަނެއްކޮޅުން އާދަމް ލަލާނާއަށް މި ސީޒަންގައި ކްލަބުން އެކަށީގެންވާވަރަށް މެޗުތައް ކުޅެން ލިބިފައިނުވުމާއެކު އޭނާއަށް ސްކޮޑުން ޖާގަ ނުލިބުން ވެސް މާބޮޑު ހައިރާންކަމަކަށް ގެނުވި ކަމަކަށް ވެފައެއް ނުވެއެވެ. އެހެނަސް، މިދިޔަ ސީޒަންގައި ލިބުނު އަނިޔާއިން ސަލާމަތްވެ މިހާރު އާސެނަލްގެ ފުރަތަމަ 11 އިން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ވިލްޝެއާއަށް ފުރުސަތު ނުދިނުން ވަނީ ބަހުސަކަށް ވެފައެވެ.
އިންގްލެންޑުން ފީފާ ވޯލްޑް ކަޕް 2018 އަށް ނެގި ފައިނަލް ސްކޮޑް:
ގޯލްކީޕަރުން:- ޖޯޑަން ޕިކްފޯޑް، ނިކް ޕޯޕް، ޖެކް ބަޓްލޭންޑް
ޑިފެންޑަރުން:- ކައިލް ވޯކަރ، ކިއެރަން ޓްރިޕިއާ، ޓްރެންޓް އެލެކްޒެންޑާ-އާނޯލްޑް، ގެރީ ކަހިލް، ޑެނީ ރޯސް، ޖޯން ސްޓޯން، ހެރީ މިގުއާ، ޕިލް ޖޯންސް، އާޝްލޭ ޔަންގް
މިޑްފީލްޑަރުން:- އެރިކް ޑެއާ، ފަބިއަން ޑެލްފް، ޖޯޑަން ހެންޑާސަން، ޑެލޭ އަލީ، ރުބެން ލޮފްޓަސް-ޗީކް، ރަހީމް ސްޓާލިން، ޖެސޭ ލިންގާޑް
ފޯވާޑުން:- ހެރީ ކޭން، ޖެމީ ވާޑީ، މާކަސް ރަޝްފޯޑް، ޑެނީ ވެލްބެކް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް