ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި އެކްސިޑެންޓެއް: ތިން މީހަކަށް އަނިޔާވި، އެކެއްގެ އަތް ބިނދިފައި
ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ ރިޕޯޓު ކުރީ ހަވީރު 4:55 ހާއިރު ކަމަށެވެ. މި އެކްސިޑެންޓު ހިނގީ ބްރިޖް ހައިވޭ، މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި އެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި އަނިޔާވި ތިން މީހުންގެ ތެރޭގައި އަންހެނަކު ހިމެނެ އެވެ. އަދި އެމީހާގެ އަތް ބިންދައިގެން ގޮސް އިތުރު އަނިޔާތައްވެސް ލިބިފައިވާ ކަމަށް ބުނެ އެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންނެވެ.