Advertisement

އަތޮޅުތަކުގައި ސަރުކާރުގެ ހިދުމަތްދޭން ރައީސް މުއިއްޒު 18 މަރުކަޒު އުފައްދައިފި

08 Oct 2026 | 16:40
ރައީސް ޑރ. މުހައްމަދު މުއިއްޒު --

ޤައުމީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން އަތޮޅުތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، 18 އަތޮޅެއްގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ. 

Advertisement

ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޖުމްލަ 18 އަތޮޅެއްގައި ވަކިވަކި މަރުކަޒުތައް ޤާއިމުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހއ.، ހދ.، ށ.، ނ.، ރ.، ބ.، ޅ.، ކ.، އއ.، އދ.، ވ.، މ.، ފ.، ދ.، ތ.، ލ.، ގއ. އަދި ގދ. އަތޮޅުގެ މަރުކަޒުތައް ހިމެނެއެވެ.

މި މަރުކަޒުތައް އުފެއްދެވީ ލާމަރުކަޒީ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 65 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ފަދައިން، އިންޓެގްރޭޓެޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި މަރުކަޒުތަކުގެ އިނގިރޭސި ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ސިޓީ ލިޔުއްވާއިރު ބޭނުންކުރައްވާނެ މުއައްސަސާ ނަންބަރުތައް ވެސް ހަމަޖައްސަވައިފައިވެއެވެ.

Advertisement

ކޮމެންޓް