Advertisement

ނާނާ ޕަޓޭކަރަށް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

08 Oct 2026 | 10:01
ނާނާ ޕަޓޭކަރް --

އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރް މަރުވެއްޖެ އެވެ.

އޭނާ މަރުވީ އުމުރުން 75 އަހަރުގައި، އިންޑިއާގެ ގޯވާގެ ޑޯނާ ޕައޮލާގައި ހުންނަ އޭނާގެ ގޭގައި އެވެ.

Advertisement

ރިޕޯޓުތައް ބުނާގޮތުގައި ނާނާ ޕަޓޭކަރު މަރުވީ ހާޓް އެޓޭކެއްޖެހިގެންނެވެ. އޭނާ މިއަދު ފަތިހު މަނިޕާލް ހޮސްޕިޓަލަށް ގެންދިޔައީ ހޭތިގެން ވެއްޓުމުން ކަމަށްވެ އެވެ.

މަނިޕާލް ހޮސްޕިޓަލުން އޭނާ މަރުވި ކަމަށް ކަނޑައެޅީ ހޮސްޕިޓަލަށް ގެންގޮސް 45 މިނެޓު ވަންދެން ސީޕީއާރު ދީގެން ފުރާނަ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

މި މައްސަލައިގައި މެޑިކޯ ލީގަލް ކޭސް (އެމްއެލްސީ) ރެޖިސްޓާ ކޮށްފައިވާ ކަމަށާއި، ޕޯސްޓް މޯޓަމް ހެދުމުގެ ރަސްމީ އިޖުރާއާތު ކުރިއަށް ގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ނާނާއަކީ ހިންދީ އަދި މަރާޓީ ސިނަމާގައި އަމިއްލަ ވަކި ހާއްސަ އެކްޓިން ސްޓައިލެއް ގެންގުޅު ވަރުގަދަ ފަންނާނެކެވެ. ހާއްސަކޮށް، އޭނާއަށް ގައުމީ ފިލްމު އެވޯޑު ލިބުނު މަޝްހޫރު ފިލްމުތައް ކަމަށްވާ "ޕަރިންދާ" އަދި "ކްރާންތީވީރު"ގައި އޭނާ ދެއްކި މޮޅު އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.

މީގެ އިތުރުން، އޭނާ ޑައިރެކްޓްކޮށް އެކްޓްކުރި "ޕްރަހާރު: ދަ ފައިނަލް އެޓޭކް" އާއި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ކޮމެޑީ ފިލްމު "ވެލްކަމް" އަދި މަރާޓީ ފިލްމު "ނަޓްސަމްރާޓް"އަކީ އޭނާގެ ފިލްމީ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތަކެވެ.

އިންޑިއާގެ ސިނަމާއަށް ދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން އޭނާއަށް "ޕަދްމަ ޝްރީ" އެވޯޑު ވެސް ދީފައިވެ އެވެ.

Advertisement

ކޮމެންޓް