Advertisement

ގައްދޫ މީހަކު ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލައިފި

06 Oct 2026 | 16:13
އަލީ ޝަޒީނު -- ފޮޓޯ: ޕޮލިސް

ގދ. ގައްދޫ މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމަކާއި އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ގައްދޫ މެޖިސްޓްރޭޓް ކޯޓުން އިއްވައިފިއެވެ.

މި ހުކުމް އައީ ނޫރީ / ގދ. ގައްދޫ ޢަލީ ޝަޒީނު (37އ) ގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު (17/2011) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި ހުކުމް އިއްވާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

Advertisement

ގދ. ގަމުގައި ޢަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުން ދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ފޮރުވައި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއް ހޯދައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. އެއަށް ފަހު ތަޙުޤީޤު ނިންމައި އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ޕީޖީ އޮފީހުން ޢަލީ ޝަޒީނުގެ މައްޗަށް ދެ ދަޢުވާއެއް އުފުލައިފައިވެއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނެތި ކުރުމުގެ ދަޢުވާއެވެ. މި ދެ ދަޢުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވެއެވެ.

މި މައްސަލައިގައި ދަޢުވާ އުފުލީ 2021 ވަނަ އަހަރު ކަމުގައި ވީ ނަމަވެސް ހުކުމް ކޯޓުން އިއްވާފައި މިވަނީ ގާތްގަނޑަކަށް ފަސް އަހަރު ފަހުންނެވެ.

Advertisement

ކޮމެންޓް