"ދުރިޝްޔަމް 3" އިންޑިއާގައި ރެކޯޑު މުގުރާލުމަށް ފަހު ދުނިޔޭގެ ބޮކްސް އޮފީހުގައިވެސް ކުރީގައި!
އަޖޮ ދޭވްގަން ލީޑް ރޯލު ކުޅެފައިވާ "ދުރިޝްޔަމް 3" ރިލީޒް ކުރި ހަފުތާ ބަންދުގައި ބޮޑެތި ރެކޯޑުތަކެއް މުގުރައިލުމަށް ފަހު ހޯމަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ ޖުމުލަ ކަލެކްޝަން 303 ކުރޯޑު ރުޕީސް އަށް އަރައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި މި ފިލްމު ފުރަތަމަ ދުވަހު 62 ކުރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދި އެވެ. އެއާއި އެކު ފިލްމު ވެގެން ގޮސްފައިވަނީ އަޖޭ ދޭވްގަންގެ ކެރިއަރުގައި އެންމެ ބޮޑު އޯޕެނިން ރެކޯޑު ހެދި ފިލްމަށެވެ.
މީގެ ކުރިން މި މަގާމު އޮތީ ހިންދީ ފިލްމުތަކުގެ ތެރެއިން ޝާހް ރުކް ޚާންގެ "ޖަވާން" އާއި ރަންވީރް ސިންގްގެ "ދުރަންދަރް: ދަ ރިވެންޖް އަށެވެ. ހަމައެހެންމެ "ޕަޓާން" "އެނިމަލް" އަދި ދުރަންދަރް ފަދަ ބޮޑެތި ފިލްމުތަކުގެ އޯޕެނިން ކަލެކްޝަންވެސް މި ފިލްމުން ވަނީ ފަހަތަށް ޖައްސާލާފައި އެވެ.
"ދުރިޝްޔަމް 3" މިދިޔަ ހޮނިހިރު ދުވަހު 53.50 ކުރޯޑު އަދި އާދީއްތަ ދުވަހު 61 ކުރޯޑު ހޯދުމަށް ފަހު ހޯމަ ދުވަހު 21 ކުރޯޑަށް ވެއްޓުނެވެ. އެއީ އާދީއްތަ ދުވަހާ އަޅައިބަލާއިރު ގާތްގަނޑަކަށް 65 އިންސައްތައިގެ ދަށްވުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހޯމަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނެޓް ކަލެކްޝަން 197.50 ކުރޯޑަށް ގްރޮސް ކަލެކްޝަން 237 ކުރޯޑަށް އެރިއިރު ބޭރު ޤައުމުތަކުން ފަސް ކުރޯޑު ލިބި ދުނިޔޭގެ ޖުމުލަ 303 ކުރޯޑު ހަމަވީއެވެ.
ދުރިޝްޔަމް ފްރެންޗައިޒްގެ ތިންވަނަ ބައިގައި ފެނިގެންދާ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަންގެ އިތުރުން ޓާބޫ ޝްރިޔާ ސަރަން ރާޖަތް ކަޕޫރު އިޝިތާ ދައްތާ މްރުނާލް ޖާދަވް އަދި ކަމްލޭޝް ސާވަންތު ހިމެނެއެވެ. މީގެ އިތުރުން ޖައިދީޕް އެހެލާވަތު އާއި ޕްރަކާޝް ރާޖް އަލަށް މި ފިލްމާ ގުޅިފައިވާއިރު ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަބީޝެކް ޕަޓަކް އެވެ.