Advertisement

ވޭނާއި ކާމިޔާބު ގުޅުވައި ސޯހާ އުފަންދުވަހު ދިން މެސެޖަށް ގިނަބައެއްގެ ސަމާލުކަން!

05 Oct 2026 | 06:25
ސޯހާ އަލީ ހާން --

ދިރިއުޅުމުގެ އުފަލާއި ހިތާމައިން އިންސާނާ ކަނޑައެޅިގެން ނުވާނެ ކަމަށް ބުނެ އުފަންދުވަހާއި ދިމާކޮށް ބޮލީވުޑްގެ ބަތަލާ ސޯހާ އަލީ ހާން ދިން މެސެޖަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ. 

ސޯހާގެ އުފަން ދުވަހަކީ 4 އޮކްޓޯބަރެވެ. ސޯހާގެ މި މެސެޖަކީ އޭނާގެ ނާކާމިޔާބު ފިލްމީ ކެރިއަރާ ގުޅުވައިގެން ބުނި އެއްޗެއް ކަމަށް މީހުން ލަފާ ކުރެ އެވެ.

Advertisement

ސޯހާ ދިން އިންޓަވިއުއެއްގައި ބުނީ ވޭނާއި ކާމިޔާބީ އަކީ ވެސް ދިރިއުޅުމުގައި ވަގުތީ ކަންކަން ކަމަށެވެ. އަދި އެ ކަންކަމުން ތިމާ ކާކުކަން ކަނޑައެޅެން ނުޖެހޭ ކަމަށެވެ.

ނާކާމިޔާބީގެ ވޭނުގައި ނުވަތަ ކާމިޔާބީގެ އުފަލުގައި ޖެހިގެން ތިމާގެ ޝަޚްޞިއްޔަތު ހަމައެކަނި އެ ތަޖުރިބާތަކުން ބައްޓަންވެގެން ނުވާނެ ކަމަށް ސޯހާ ބުނެފައިވެ އެވެ.

ސޯހާގެ މި ވާހަކަ އާއި ގުޅިގެން ހިޔާލުފާޅު ކުރި މީހުން ވަނީ ކާމިޔާބު ނުވާނެކަން އެނގޭ ކަންކަމައިގެން މާބޮޑަށް ނޫޅެ އެހެން ކަންކަން ކުރުމަކީ އޮންނަ ކަމެއްކަން ސޯހާގެ ވާހަކައިން އެނގޭ ކަމަށެވެ.

ސޯހާ ވަނީ ފިލްމީ ދާއިރާއިން މާބޮޑު ކާމިޔާބެއް ލިބެމުން ނުދާތީ ފޮތް ލިޔަން ފަށާފައި އެވެ. އެގޮތުން 2018 ވަނަ އަހަރު ކްރޮސްވޯޑް ބުކް އެވޯޑު ހާޞިލްކުރި 'ދަ ޕެރިލްސް އޮފް ބީއިންގް މޮޑަރެޓްލީ ފޭމަސް' އަކީ އޭނާ ލިޔެފައިވާ ފޮތެކެވެ.

މިހާރުވެސް ދޭތެރެ ދޭތެރެދޭތެރެއިން ފިލްމީ މަސައްކަތްތަކުން ފެންނަ ސޯހާ އަކީ ސައިފް އަލީ ހާންގެ ކޮއްކޮ އެވެ. އޭނާގެ ފިރިމީހާއަކީ ކުނާލް ކޭމޫ އެވެ.

ފިލްމީ މަސައްކަތް 2004 ގައި އޭނާ ފެށީ 'އިތި ސްރީކާންތާ' އިންނެވެ. އޭގެ ފަހުން 'ރަންގް ދޭ ބަސަންތީ' އާއި 'އާހިސްތާ އާހިސްތާ' ފަދަ ފިލްމުތަކުގައި ވެސް ސޯހާ ފެނިގެން ގޮސްފައިވެއެވެ.

Advertisement

ކޮމެންޓް