Advertisement

ގްލޯބަލް ދުކާންއިން ވިޔަފާރި ކުރާއިރު މިހާރު ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ

08 Oct 2026 | 09:04
ފޮޓޯ: ޕޯސްޓް

އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހިންނަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޕޯސްޓުން ބުނިގޮތުގައި މި ޚިދުމަތް ބޭނުންކުރުމަށް ކަސްޓަމަރުން ޗެކްއައުޓް މަރުހަލާގައި "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" ހިޔާރުކޮށް ދެވިފައިވާ އިރުޝާދާ އެއްގޮތަށް ފައިސާ ދެއްކުން ފުރިހަމަކުރެވޭނެއެވެ.

Advertisement

އެގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށް ޕޭމަންޓް ލިންކެއް ލިބޭނެ ކަމަށާ، ކުރިން ބޭރު ފައިސާ ބޭނުންކުރާ ބައިނަލްއަޤުވާމީ ޕޭމަންޓް ގޮތްތައް ނޫނީ ނެތް ނަމަވެސް މި ބަދަލާ އެކު ދިވެހި ރުފިޔާއިން ސީދާ ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޕޯސްޓުން ބުނެއެވެ.

ގްލޯބަލް ދުކާންގައި އެމެޒަން، ފްލިޕްކާޓް، މިންތްރާ، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ މަޝްހޫރު ޕްލެޓްފޯމްތައް ހިމެނެއެވެ.

މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފެޝަނާއި ލައިފްސްޓައިލް ސާމާނާއި އިލެކްޓްރޯނިކް ތަކެއްޗާއި ގެއާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ރީތިވުމަށް ބޭނުންވާ ބާވަތްތައް ހިމެނޭ ގޮތުން ތަފާތު އެކި ބާވަތުގެ ތަކެތި ގަނެވޭނެއެވެ.

މި ޚިދުމަތް ބޭނުންކުރުމަށް އިންޑިއާގެ އެޑްރެހެއް ބޭނުންނުވާ އިރު މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ތަކެތި ޑެލިވަރކޮށްދެއެވެ.

ޕޯސްޓް އޮފީހުން ފާހަގަކުރާ ގޮތުގައި މި ބަދަލަކީ ދިވެހިންނަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި ބައިނަލްއަޤުވާމީ މާކެޓް ޕްލޭސްތަކަށް ވާސިލުވުމުގެ ފުރުސަތު އިތުރަށް ފުޅާކުރެވުނު ކުރިއެރުމެކެވެ.

ގްލޯބަލް ދުކާން ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ޕްލެޓްފޯމެކެވެ.

Advertisement

ކޮމެންޓް