އެންމެ ފަހުން އާންމުވި ވީޑިއޯގައި ޝާހްރުކްގެ ކޮރު ޖަހައިގެން ހިނގާތީ ސަޕޯޓަރުން ކަންބޮޑުވެއްޖެ!
ބޮލީވުޑްގެ ކިންގް ޝާހްރުކް ހާންގެ އެންމެ ފަހުން އާންމުވި ވީޑިއޯ އާއި އެކު އޭނާގެ ސިއްހީ ހާލަތާއި މެދު ސަޕޯޓަރުން ކަންބޮޑުވާން ފަށައިިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ އިއްޔެގެ ވަގުތެއްގައި ޓީ ޒީރީޒްގެ އޮފީހަށް ޝާހްރުކް އާއި އޭނާގެ މެޖޭނަރު ޕޫޖާ ދަދްލާނީ ވަދެގެން ދާތަނެވެ. އެ ވީޑިއޯގައި އޭނާ ހިނގާފައިވަދަނީ ކޮރު ޖަހަމުން މާދުމަޑުން ފައި ދަމަމުންކަން އެނގެ އެވެ.
މި ވީޑިއޯ އާއި އެކު ސަޕޯޓަރުން ދަނީ ހިތްދަތި އަދި ހިތާމަވެރި ކޮމެންޓުތައް ހިއްސާ ކުރަމުންނެވެ. އެގޮތުން އެހާލުގައިވެސް ހިނގާބިނގާވެ ހަރަކާތްތެރިކޮށް އުޅޭތީ އުފާވާ ކަމަށް ބައެއް މީހުން ބުޏްނެވެ. އިތުރު މީހަކު ވަނީ ހަށިގަނޑަށް ލިބިފައިވާ އަނިޔާ ތަކާއި ގުޅިގެން ޝާހްރުކްގެ ޝޫޓިންތަކުގައި ބޮޑީ ޑަބަލް ބޭނުން ކުރަމުންދާ ކަމަށް ދެވޭ ވާހަކައަކީ ތެދެއްކަން އެނގޭ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި 1993 ވަނަ އަހަރުން ފެށިގެން ޝަހްރުކް ވަނީ ފައިގެ އެތައް އޮޕަރޭޝަނެއް ކޮށްފައި އެވެ. މިފަހަރުވެސް ދިމާވެގެން އުޅެނީ ފިލްމެއްގެ ޝޫޓިން ތެރެއިން ދިމާޥި ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން މިހާރު ޝާހްރުކް މަސައްކަތް ކުރަމުންދާ ފިލްމު "ކިންގް" ގެ ޝޫޓިންގެ ތެރެއިން ފަޔަށް އިތުރު އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ޝާހްރުކް ވަނީ އެ އަނިޔާއިން ސަލާމަތްވެ މިހާޜު ފުރިހަމަ ސިއްހަތެއްގައި ހުރިކަމަށް ބުނެފި އެވެ.
ޝާހްރުކް ވަނީ މައިބަދަ އާއި ފައި، ކޮނޑު އަދި އަތުގެ އޮަޕޜޭޝަންތަކެއް މީގެ ކުރިން ކޮށްފައިވާކަން ހާމަކޮށްފައި އެވެ. އެ ހުރިހާ ފަހަރު އަނިޔާ ލިބިފައިވަނީ ފިލްމުތަކުގެ ޝޫޓިންތަކުގެ ތެރެއިންނެވެ.
ޝާހްރުކްގެ ކުރިޔަށް އޮތް ފިލްމު ރިލީޒް ކުރިމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.