Advertisement

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބެލެވޭ މީހުން ހައްޔަރުކޮށްފި

18 Sep 2026 | 22:18
ހުޅުމާލޭ ހިޔާ ޓަވަރުތައް --

ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ ބަޔަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާއި ގުޅިގެންނެވެ.

Advertisement

މިރޭ ފުލުހުން ބުނީ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ބުންޏެވެ.

އެމީހުން ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ ހިޔާގެ 12 ވަނަ ޓަވަރުގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. އެ ބެލްކަނި ހުންނަ ގޮތުން ކައިރީގައި ހުރި އެތައް ޓަވަރެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެ މަންޒަރު ސާފުކޮށް ފެންނާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން އާންމު ތަންތަނުގައި ބަދުއަޚުލާޤީ ޢަމަލު ހިންގުމަކީ މަނާ ކަމެކެވެ.

Advertisement

ކޮމެންޓް