Advertisement

ވިޖޭއާ ޓްރިޝާ އިނގިރޭސިވިލާތުން އެކުގައި ފެނުން އަމްބިކާއަށް ކަމަކު ނުދިޔަ!

18 Sep 2026 | 17:27
ވިޖޭ އާއި ޓްރިޝާ --

އިންޑިއާގެ ޓަމިލް ނަޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ ޗަންދްރަސޭކަރާއި ބަތަލާ ޓްރިޝާ ކްރިޝްނަންގެ ގުޅުމާއި މެދު ޝައްކު އުފައްދައި ހިތްހަމަ ނުޖެހުން ފާޅު ކުރި ފުރަތަމަ ފަންނާނުގެ ގޮތުގައި އަމްބިކާ ސުކްމަރަން ފާހަގަވެއްޖެ އެވެ.

އަމްބިކާއަކީ ދެކުނުގެ އިންޑިއާގެ ފިލްމުތަކުގައި ބޮޑުކާމިޔާބެއް ހޯދާފައިވާ މަޝްހޫރު ބަތަލާއެކެވެ. އޭނާ ވަނީ ޓަމިލް، މަލަޔާލަމް އަދި ޓެލެގޫ ފިލްމްތަކާއި ކަންނާޑާ ފިލްމުތަކުން ބޮޑު މަގުބޫލް ކަމެއް ހޯދާފައި އެވެ.

Advertisement

ވިޖޭއާ ޓްރިޝާއާއި ދެމެދު އޮންނަ ގުޅުމާއި މެދު މިފަހަކުން ގިނަ ބަޔަކު ދަނީ މަލާމަތްކޮށް ފާޑުކިޔަމުންނެވެ. ޓަމިލް ނާޑޫގެ އިދިކޮޅު ޕާޓީތަކުން އެ ގުޅުން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށް ބުނެ ފާޑުކީ ނަމަވެސް ފިލްމީ ފަންނާނަކު އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަންބިކާ ސޯޝަލް މީޑިއާގައި ބުނީ ދެކެވެމުންދާ ވާހަކަތަކުގެ އިތުރުން ވިޖޭ އިނގިރޭސިވިލާތަށް ކުރި ރަސްމީ ދަތުރެއްގައި ޓްރިޝާ ބައިވެރިކުރުމުން އޭނާގެ ހިޔާލެއްވެސް ފާޅުކޮށްލަން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ ހިޔާލު ފާޅު ކުރީ ނުސީދާ ކޮށެވެ.

އަންބިކާ ބުނީ ފާޑުކިޔުން އަމާޒުވެދާނެ ނުވަތަ ރަހުމަތްތެރިޔާގެ ނަމަށް ހުތުރު އެރުވިދާނެ ފަދަ ހާލަތްތަކުން އޭނާ ދުރުހެލިވާނެ ކަމަށެވެ. އޭގެ އިތުރުން ރަހުމަތްތެރިކަމަށް ޤަދަރުކުރާ ނަމަ ޢާންމުންގެ ތެރޭގައި ޢަމަލުތައް ބަހައްޓާ ގޮތާ މެދު ވިސްނައިގެން އުޅެންޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

އަންބިކާ ބުނީ އޭނާ އަކީ ޓްރިޝާ ނަމަ އާންމުންގެ ތެރެއިން ވިޖޭއާއި އެކު ނުފެނި ވޭތޯ ބަލާނެ ކަމަށާއި ބޭނުމަކީ އާންމުން ބޭކާރު ވާހަކަ ދެއްކުން ހުއްޓުވުން ކަމަށެވެ. އަމްބިކާގެ މި ވާހަކަތަކާ ގުޅިގެން ވިޖޭއާއި ތުރިޝާގެ ގުޅުމާ ބެހޭ ގޮތުން ކުރެވެމުންދާ ބަހުސް އިތުރަށް ހޫނުވެފައިވެއެވެ.

ވިޖޭ އާއި ޓްރިޝާ އިނގިރޭސިވިލާތުގައި --

ވިޖޭ ބައިވެރިވާ މުހިންމު ހުރިހާ ރަސްމިއްޔާތެއްގައި އަނބިމީހާއާއި ދެ ދަރިން ބައިވެރިނުވެ ކުރީ ސަފުގައި ޓްރިޝާ ފެންނަމުން ދިއުމަކީ މިހާރު އިންޑީއާ މީޑިއާ އާއި ޓަމިލް ނާޑޫގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދާ ގިނަ ބަޔަކު ވަނީ ޓްރިޝާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ދެމަފިރިންގެ ދޭތެރެއަށް ވަތްކަމަށް ތުހުމަތު ކޮށްފައި އެވެ.

އިނގިރޭސިވިލާތުގެ ސިލްވަރސްޓޯންގައި ބޭއްވި ލެ މޮންސް ރޭހުގައި އެކްޓަރު އަޖީތް ކުމާރް ބައިވެރިވި އިރު ވިޖޭއާއި ތުރިޝާ އެ ރޭހުގެ ހަވާސާއިން އެކުގައި ފެނިފައިވެއެވެ. އޭގެ ކުރިން ވިޖޭ ޗީފް މިނިސްޓަރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި އިންޑިއާގެ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވެސް ޓްރިޝާ ވީއައިޕީ ގޮނޑިބަރީގައި އިން މައްސަލަ ވަނީ ހޫނުވެފައި އެވެ.

ވިޖޭ އާއި ޓްރިޝާގެ މެދުގައި ގުޅުމެތް އޮތްކަން ހާމަވާ ސަބަބުތަކުގެ ތެރޭގައި އޭނާގެ އަންހެނުން ސަންގީތާ ވަރިވާން ކޯޓަށް ހުށަހެޅުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފަހުން މައްސަލަ ނެގި ނަމަވެސް ސަންގީތާ ކޯޓުގައި ބުނެފައިވަނީ ވިޖޭ ކައިވެނީގެ ބޭރުން ވިޖޭ އެހެން އަންހެނަކާއި ގުޅުން ބާއްވާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް