ކާޖޮލްއަށް 52، ރީތި ހަންގަނޑަކަށް، ފެން ބުއިމާއި ނިދުމުގެ ކުރިން މޫނު ދޮވުން މުހިންމު ކަމަށް ބުނި!
ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖޮލް ދޭވްގަނަށް 52 އަހަރުވީ އިއްޔެ އެވެ.
އުމުރު ދެބައިވިއިރު އޭނާގެ ދުޅަހެޔޮޮ ސިއްހަތާއި މޫނުމަތީގެ ސާދާ ރީތިކަމަކީ އަބަދުވެސް މީޑިއާގައި ސަމާލުކަން ލިބޭ ކަމެއްކެވެ. މިއަހަރުވެސް އޭނާގެ އުފަން ދުވަސް އައުމާއި އެކު އެންމެ ގިނަ އިން ސޯޝަލް މީޑިއާގައި ކާޖޮލްގެ އުމުރާއި ގުޅޭގޮތުން އުފަންދުވަހު ދެކެވިފައިވަނީ އެ ވާހަކަ އެވެ.
ކާޖޮލް މީޑީއާގައި ބުނެފައިވާ ގޮތިގައި ދުޅަހެޔޮ ސިއްޙަތަކާއި ރީތި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ގެންގުޅެނީ ސާދާ އުސޫލުތަކެކެވެ. އޭނާ ބުނީ ބޮޑެތި ހެލްތު ޓްރެންޑްތަކަށް ވުރެ ގިނަ ދުވަހު ހިފެހެއްޓޭ ކުދި ކުދި އާދަތައް މާ ރަނގަޅެވެ.
ކެއުން ރޭވުމާއި ގިނައިން ފެން ބުއިމާއި ހަންގަނޑު ސާފުކޮށް ބެލެހެއްޓުން ފަދަ ކަންކަމަކީ އޭނާ ބޮޑަށް އިސްކަންދޭ ކަންކަމެވެ. ސިއްޙަތަށް ފަރުވާތެރިވާން ފެށީ ކުއްލިއަކަށް ނޫންކަމަށް ވެސް ކާޖޮލް ބުނެފައިވެއެވެ.
ހަންގަނޑު ރީތިކޮށް ބެހެއްޓުމާ ގުޅޭ ގޮތުން ކާޖޮލް ފާހަގަކުރީ ދެ ކަމެކެވެ. އެއީ ފެން ބުއިމާއި ނިދުމުގެ ކުރިން މޫނު ރީތިކޮށް ދޮވެ ސާފުކުރުމެވެ. ކާޖޮލް ބުނީ ވަރަށް ގިނައިން ފެން ބޯކަމަށާއި ހަޔާތުގައި ފެނުގެ އޭނާއަށް ވިސްނޭކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން ދުވާލަކު ދެ ފަހަރު މޫނު ދޮންނަ ކަމަށާއި ސާފު މޫނަކާ ނުލައި ނިދަން ނޯންނަ ކަމަށް ވެސް ކާޖޮލް ހާމަކޮށްފައިވެއެވެ.
ކާޖޮލް ވަނީ ގޭގައި ތައްޔާރުކުރާ ޕްރޮޓީން ޝޭކެއް ވެސް ތައާރަފްކޮށްފައިވެއެވެ. 2025 ވަނަ އަހަރު ޕްރައިމް ވީޑިއޯ ގައި ގެނެސްދިން ޓޫ މަޗް ވިތް ކާޖޮލް އެންޑް ޓުވިންކަލް ޝޯގައި އޭނާ ބުނީ ބިހާއި ބާދަމު ކިރާއި އޮރެންޖް ޖޫހުން ތައްޔާރުކުރާ ޕްރޮޓީން ބުއިމެއް ބޯ ކަމަށެވެ.
ޝޯގެ ބައިވެރިޔާ ޓުވިންކަލް ކަންނާ އެ ރެސިޕީ އިވުމުން "އެ އެއްޗެއް މީރު ހެނެއް ހިއެއް ނުވޭ" ކަމަށް ބުންޏެވެ. ކާޖޮލް ވެސް ހީނލާފައި "ރަހައިގެ ގޮތުން ހީވާނީ އެހެން" ކަމަށާއި "އެކަމަކު ތައްޔާރުކޮށްލަން ވަރަށް ފަސޭހަ" ކަމަށް ބުނެފައިވެއެވެ.