Advertisement

ސަންޖޭ ދަތު ދެކެ ވާ ލޯބި ހާމަކޮށް އެކުވެރިޔާ ސަލްމާން ހާންގެ ޖަޒުބާތީ ޕޯސްޓެއް!

03 Aug 2026 | 14:43
އާންމުންގެ ތައުރީފު އޮހުނު ސަންޖޭ އާއި ސަލްމާންގެ ފޮޓޯ --

ބޮލީވުޑުގެ މަޝްހޫރު ތަރި ސަލްމާން ޚާން ގާތް އެކުވެރިޔާ ސަންޖޭ ދަތަށް ޚާއްޞަކޮށް ޖަޒުބާތީ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ފޭނުންގެ ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.

ސަލްމާން ހިއްސާކުރި ޕޯސްޓުގައި ދެ ތަރިން އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި ހިތްގައިމު ފޮޓޯތަކެއް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ސަލްމާން ސަންޖޭ ގައިގަ ބައްދާލައިގެން ތިބުމުން މޫނު އެއްކޮށް ނުފެނުނު ނަމަވެސް އެ ވަގުތުކޮޅުގެ ގާތްކަމާއި ހޫނު ކަމާއި ދެމީހުންގެ މެދުގައި އުފެދިފައިވާ ޖަޒުބާތުތައް ފޮޓޯތަކުން ރީތިކޮށް ހާމަވެއެވެ.

Advertisement

މި ޕޯސްޓާ ގުޅިގެން އެތައް ހާސް ފޭނުންނެއް ކޮމެންޓް ކޮށް ދެ ތަރިންގެ ގާތް ގުޅުމަށް ތައުރީފު އޮއްސައިލިއެވެ. ގިނަ ބަޔަކު ސާޖަން އާއި ޗަލް މެރޭ ބާއީ ފަދަ ފިލްމުތައް ހަނދާންކުރިއެވެ. ސަންޖޭގެ އަނބިމީހާ މާނަޔަތާ ދަތް ކޮމެންޓެއްގައި ބުނެފައިވަނީ އުމުރު ދުވަހުގެ ގަތް ދެ ބޭބެއިން ކަމަށެވެ.

ސަންޖޭގެ އުފަންދުވަސް ފާހަގަކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ސަލްމާން ހިއްސާކުރި މި ޕޯސްޓް ވެގެން ދިޔައީ ސެލެބްރިޓީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ވާހަކަ ދެއްކި އެއް ޕޯސްޓަށެވެ.

 ބޮލީވުޑުގެ އެންމެ ވަރުގަދަ އެއް އެކުވެރިކަމުގެ ގޮތުގައި ސަލްމާނާއި ސަންޖޭގެ ގުޅުން ފާހަގަވެފައި އޮތް އިރު މި ޕޯސްޓުން އެ ގާތްކަން އިތުރަށް ހާމަވެގެން ދިޔައެވެ.

މަސައްކަތުގެ ރޮނގުން ބަލާ ނަމަ ސަންޖޭ ދަތް މިހާރު ދޫރަންދަރް: ދަ ރިވެންޖް ކޭޑީ ދަ ޑެވިލް ރާޖާ ޝިވާޖީ އަދި އާޚިރީ ސަވާލް ފަދަ ފިލްމުތަކާ އެކު ކާމިޔާބު ދުވަސްވަރެއް ދަނީ ހޭދަކުރަމުންނެވެ. ސަލްމާން ޚާން ދެން ފެންނާނީ މާތޫރުބޫމީ އިންނެވެ.

އޭގެ އިތުރުން ފިލްމު ޑައިރެކްޓަރު ވަމްޝީ ޕައިޑިޕެލީއާ އެކު ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު އެ ފިލްމުގައި ނަޔަންތާރާއާ އެކު ފުރަތަމަ ފަހަރަށް ސަލްމާން ބެލުންތެރީންނަށް ފެންނާނެއެވެ.

Advertisement

ކޮމެންޓް