Advertisement

ތުރުކީއަށް އެކްސްޕޯޓްކުރަން މިއަދުން ފެށިގެން ލުއިތަކެއް

01 Aug 2026 | 11:31
-

ރާއްޖެ އާއި ތުރުކީއާ ދެމެދު ހެދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ވިދާޅުވީ، މިއަދު ފެށިގެން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ.

Advertisement

މިކަމާ ގުޅޭ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ނޮވެމްބަރު 2024 ވަނަ އަހަރެވެ. އެއަށް ފަހު އެގްރީމެންޓްގައި ހިމަނާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ފެށިއެވެ.

ސައީދު ވިދާޅުވި ގޮތުގައި މި އެގްރީމެންޓްގެ ދަށުން 75 ބާވަތެއްގެ މުދަލުން ނަގާ ޓެރިފްތައް ކުޑަވެގެންދާނެއެވެ. އަދި ރާއްޖޭގެ މަހުގެ ބާވަތްތައް ތުރުކީއަށް ފޮނުވަން ފަސޭހަތައް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމާ އެކު، މަހުގެ ބައެއް ބާވަތްތައް ޓެރިފަކާ ނުލައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ދެމެދުގައި އިތުރު އިގްތިސާދީ ގުޅުންތައް ގާއިމް ކުރައްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް