Advertisement

މަޖިލީހުގެ 52 މެންބަރުންގެ ރުހުމާ އެކު ދިޔާނާ ސަފީރުކަމަށް އައްޔަންކުރައްވައިފި

29 Jul 2026 | 13:44
-

މަޖިލީހުގެ 52 މެންބަރުންގެ ރުހުމާ އެކު ދިޔާނާ ސަފީރުކަމަށް އައްޔަންކުރައްވައިފި

ވިލާތުގެ އިއްތިހާދު (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި އައްލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

Advertisement

ދިޔާނާގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ ހަތް ވަނަ ދުވަހުގައެވެ. އެ ހުށަހެޅުއްވުން ދިރާސާކުރެއްވުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވުމުން ކޮމިޓީގެ މެންބަރުން ނިންމެވީ ދިޔާނާއަކީ އެ މަގާމަށް ޝަރުތު ފުރިހަމަވާ ގާބިލު ބޭފުޅެއް ކަމަށެވެ. ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ތާއީދުކުރެއްވީ ދިޔާނާ އެ މަގާމަށް އައްޔަންކުރެއްވުމަށެވެ.

ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅުއްވުމާ ގުޅިގެން ނެގި ވޯޓުގައި 52 މެންބަރުންގެ އިއްތިފާގުން ދިޔާނާއަށް ރުހުން ދެއްވައިފައިވެއެވެ.

ސަފީރުކަމުގެ ނަންފުޅު މަޖިލީހަށް ފޮނުއްވެވުމުގެ ކުރިން މިދިޔަ އެޕްރީލް މަހު ދިޔާނާ ވަނީ ހާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފައެވެ. ދިޔާނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން އަދާކުރައްވައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ފުރުއްވައިފައިވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް