Advertisement

ބިރިޔާނީގެ އަސްލު ގުޅިފައިވަނީ ކޮންބަޔަކާ؟!

28 Jul 2026 | 12:33
ބިރިއާނީ ގުޅިފައިވަނީ ފާރިސީންނާއި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ --

ގިނަ ބަޔަކު ބިރިޔާނީއަކީ އިންޑިއާގެ ކެއުމެއް ކަމަށް ދެކުނު ނަމަވެސް "ބިރިޔާނީ" އަކީ އިންޑިއާއިން އުފެދިގެން އައި ކެއުމެއް ނުވަތަ ނަމެއް ކަން ގަބޫލު ނުކުރާ މީހުން ގިނަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ބިރިއާނީ އުފެދިގެން އައި ގޮތާއި މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވޭއިރު އެންމެ ފުރަތަމަ ބިރިއާނީ ތައްޔާރު ކުރި ތަނެއް ހޯދަން ދިރާސާ ކުރާ ފަރާތްތަކުން މަސައްކަތް ކުރީ އެ ނަން އައިގޮތެއް ބަލާށެވެ. ކުރި ދިރާސާތަކުން އިއްތިފާގުވެވުނީ މި ނަން އައިސްފައިވަނީ ފާރިސީ ބަހުން ކަމެވެ.

Advertisement

ފާރިސީ ބަހުގައި ބިރިއާނީ އާ ގުޅޭގޮތަށް ހުރި ބަސްތަކުގެ ތެރޭގައި "ބިރިންޖް ބިރިޔަން" ނުވަތަ "ތެލުލި ބަތް" ހިމެނޭތީ މި ކެއުމުގެ ތާރީޚު މާ ދިގު އަދި ދަތުރު މާ ބޮޑު ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށެވެ. ކާބޯތަކެތީގެ ތާރީޚު ދިރާސާކުރާ ގިނަ ފަރާތްތައް ގަބޫލުކުރާ ގޮތުގައި ބިރިޔާނީގެ ފެށުން ގުޅިފައި ވަނީ ފާރިސީ ރަސްކަމުގެ ބަދިގެތަކާއެވެ.

ގިތެލުގައި ހަނާކުރި ބަތާއި މަހާއި ހިކި މޭވާ އެއްކޮށް މައްޗެއް ޖަހައިގެން މަޑުގިނީގައި ކައްކާ އުކުޅު — މިހާރު "ދަމް" ކެއްކުމުގެ ނަމުން މަޝްހޫރު ވެފައިވާ ގޮތް — ފެށިގެން އައީ ފާރިސީ ބިމުންނެވެ.

އެހެންނަމަވެސް ބައެއް މީހުން ބުނާ ގޮތުން މީލާދީ ދެވަނަ ގަރުނުގައި މިހާރުގެ ޓެމިލް ނާޑޫގައި ވެސް ބަތާއި މަހުގެ މިފަދަ ކެއުމެއް ހެދި ކަމުގެ ހެކި އެބަ ހުއްޓެވެ.

ބިރިޔާނީގެ އެއް އަސްލެއް ކަނޑައެޅުމަކީ ދަތި ކަމެއް ކަމުގައި ވިޔަސް ފާރިސީ ބަހުން ވާހަކަ ދައްކާ މީހުންގެ ތެރެއިން ފެށިގެން އަފްޣާނިސްތާނާއި މުޣަލް ދަރުބާރުތައް ހުރަސްކޮށް އިންޑިއާގެ އައުދް އާއި ޙައިދަރުއާބާދާ ހަމައަށް މި ކެއުން ދަތުރުކުރި ކަމީ ކާބޯތަކެތީގެ ތާރީޚީ ފަރާތްތައް ޢާންމުކޮށް އެއްބަސްވާ ކަމެކެވެ.

އެހެން ކަމުން ބިރިއާނީގެ އަސްކު ގުޅިފައިވަނީ ބައެއް އިސްލާމީ ގައުމުތަކާއި ކަން ގަބޫލު ކުރާ މީހުން ގިނަ އެވެ. އޭގެ ތެރޭގައި އެންމެ އިހު ޒަމާނުގައި ފާރިސީ ބަހުގެ ގައުމުތައް ކަމަށްވާ އީރާން، ތަޖިކިސްތާން އަދި އަފްގާނިސްތާނު ހިމެނެ އެވެ.

Advertisement

ކޮމެންޓް