Advertisement

ބާދްޝާގެ ކައިވެނީގައި ކުންޏެއް ޖެހިފައިވާ ކަމުގެ ވާހަކަ އާއެކު އީޝާގެ ޖަޒުބާތީ ޕޯސްޓެއް!

28 Jul 2026 | 08:58
ބާދްޝާ އާއި އީޝާ

އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި ރެޕާ ބާޑްޝާއި އެކްޓްރެސް އީޝާ ރިކީގެ ކައިވެނީގައި މައްސަލަ ޖެހިފައިވާ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށް އަންހެނުން އަސަރު ގަދަ ޕޯސްޓެއް ކޮށްފި އެވެ.

މާ ބޮޑު ތަފްސީލެއް ނުހިމަނާ އީޝާ ލިޔެފައިވާ ގޮތުގައި ގިނަ ދުވަސްތަކެއް ވާންދެން ބިރުގެ ތެރޭގައި ހަނު ހުރެ ދިރިއުޅެފައިވާ ކަމަށާއި މިހާރު ބިރުގެ ބަދަލުގައި ހިތްވަރު އިޚުތިޔާރުކޮށްފައިވާ ކަމަށެވެ. ފިރިމީހާގެ ނުފޫޒާއި ބާރާއި ވަސީލަތްތަކާ މެދު ވިސްނައި ހަނުހުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ޤަބޫލުކޮށްގެން ހުރީ ކަމަށް އީޝާ ބުންޏެވެ.

Advertisement

އޭނާ ބުނެފައިވާ ގޮތުގައި އެ ވާހަކަތަކުގެ އަސްލު ހަގީގަތާއި މުޅި ވާހަކަ ކިޔައިދޭން ތައްޔާޜު ނޫން ކަމަށެވެ. އޭނާގެ މި ވާހަކައިންވެސް ދެ މީހުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފާކަން އެނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އީޝާ ވަނީ ބާޑްޝާ އެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭ ޕޯސްޓެއް ޙިއްޞާކޮށް ކޮންމެ ތޫފާނަކީ ފިލާވަޅެއް ކޮންމެ ދުޢާއަކީ އުންމީދެއް ކަމަށްވެސް ލިޔެ ހިތް ހަލާކުވުމުގެ އިމޯޖީއެއް ހިމަނައިފައެވެ.

ދެމީހުންގެ މެދުގައި މައްސަލަ ޖެހި ވަރިއާ ހިސާބަށް ގޮސްފައިވާ ކަމުގެ އަޑުތައް ގަދަވީ އެ ޕޯސްޓާ ގުޅިގެން ނެވެ.

ބާޑްޝާއާ އީޝާ ކައިވެނިކުރި ޚަބަރު ފުރަތަމަ ޢާންމުވީ މިދިޔަ މާރިޗު މަހު އީޝާގެ މަންމަ ޕޫނަމް ރިކީ އިންސްޓަގްރާމުގައި ކައިވެނީގެ ފޮޓޯތަކެއް ޙިއްޞާކުރުމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ބާޑްޝާއި އީޝާ ބައްދަލުވީ އެކުވެރިއެއްގެ ޕާޓީއަކުން ކަމަށާއި ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވީ ކަމަށެވެ.

ބާދްޝާ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައިވާ އިރު ކުރީގެ އަނބިމީހާ އާއި ގުޅިގެން ކުއްޖާގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށްވެ އެވެ.

Advertisement

ކޮމެންޓް