ހޫނު ފިޝް ފިންގާ ކައިގެން އިންގްލޭންޑް މީހަކު ދުނިޔޭގެ ރެކޯޑެއް ހަދައިފި
އެއް މިނެޓު ތެރޭ ހޫނު 15 ފިޝް ފިންގާ ކައިގެން އިންގްލޭންޑު މީހަކު ދުނިޔޭގެ ރެކޯޑު ހަދައިފި އެވެ.
އުމުރުން 32 އަހަރުގެ ނޭތަން ޑޭވީޒް ކިޔާ އެމީހާ މި ރެކޯޑު ހެދީ ފިޝް ފިންގާތައް ކުދިކޮށް، ނުވަތަ އެތިއެތިކޮޅުން ކައިގެންނެތް ނޫނެވެ. ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ބުނެފައިވާގޮތުގައި އޭނާ ފިންގާ ފިޝްތައް ކެއީ އެއް ފަހަރާ އެތައް ފިޝް ފިންގާއެއް އަނގައަށް ލައިގެންނެވެ.
މިއީ ހޫނުކޮށް ހުއްޓަ ކެއުމުގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ގިނަ ޢަދަދު ކަމަށް ބުންޏެވެ.
ރެކޯޑު ހަދަން ކެއުމަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ފިޝް ފިންގާ ޚިޔާރުކުރީ އޭނާގެ ކުޑަ ދެ ފިރިހެން ދަރީންނަށް ގޭގައި ކެއުމުގައި އެންމެ ގިނައިން ބޭނުން ކުރާ އެއްޗަކީ އެއަށް ވާތީ ކަމަށް ބުންޏެވެ.
އަދި ރެކޯޑު ހަދަން ހުށަހެޅުމުގެ ކުރިން ތެލުލި ގޮތަށް ހޫނުކޮށް ހުއްޓަ އެއްފަހަރާ ހަތަރު ފިޝް ފިންގާ ކެވިދާނެތޯ ބެލި ކަމަށެވެ.
ނޭތަން ބުނީ އެއަށްވުރެ ހިހޫކޮށްލައިގެން ކެއުމުގެ ފުރުސަތު ލިބުނު ނަމަ 15 ފިޝް ފިންގާއަށް ވުރެ މާ ގިނައިން ކެވޭނެ ކަމަށެވެ. ނަމަވެސް މި ރެކޯޑާއި މެދުވެސް ހިތްހަމަ ޖެހޭ ކަމަށް ބުންޏެވެ.
މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބި ތިމާއަށް މި ރެކޯޑު ފަސޭހައިން މުގުރާލެވިދާނެ ކަމަށް ދަޢުވާކުރި ބެލުންތެރީން ގިނައެވެ.
ގިނެސް ވޯލްޑް ރެކޯޑްސް އިން ސްޕީޑް އީޓިން ކެޓެގަރީގައި މި ފަދަ ތަފާތު ރެކޯޑުތައް ކޮންމެ އަހަރަކުވެސް ރެކޯޑުކުރެއެވެ.