Advertisement

ކެޓްރީނާ ފިލްމު ކުޅެން ތައްޔާރުވެއްޖެ ކަމަށް ބުނާ ވާހަކައިގަ ހަގީގަތެއް ނެތް!

27 Jul 2026 | 07:44
ކެޓްރީނާ ކެއިފް --

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ފިލްމު ކުޅެން ތައްޔާރުވެ އަލުން މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާ ވާހަކައިގަ ހަގީގަތެެއް ނެތްކަން ހާމަވެއްޖެ އެވެ.

މި ފަހުން އަޑު ފެތުރު ގޮތުގައި ފިލްމު "އެނިމަލް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" އިން އޭނާ ފެންނާނެ އެވެ. އަންނަ އަހަރު ރިލީޒް ކުރާ އެ ފިލްމުގެ ލީޑް ރޯލުން ފެންނާނީ ޕްރަބާސް އާއި ޓްރިޕްތީ ޑިމްރީ އެވެ.

Advertisement

އެ ފިލްމުން ކެޓްރީނާ ފެންނާނެ ކަމުގެ އަޑު ގަދަވުމާއި ގުޅިގެން މީޑިއާއިން ސުވާލު ކުރުމުން ޕްރޮޑަކްޝަން ޓީމުން އެއްޗެއް ނުބުނެ އެވެ. އެ އަޑުތައް ކެނޑުނީ ކެޓްރީނާގެ ގާތް މީހަކު އެވާހަކަ ދޮގު ކުރުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ފިލްމުން ކެޓްރީނާ ފެނުމަށް ވުރެ ގާތީ ހަމަ ނުފެނުމެވެ. އެއީ އޭނާ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށުމަށް ފަހު ތަމަޅަ އަދި ޓެލެގޫ ފިލްމު ކުޅެން ބޭނުންވާކަމަށް ގަބޫލު ނުކުރެވޭތީ އެވެ. ކެޓްރީނާ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ޓެލެގޫ ދެ ފިލްމުގައި މަސައްކަތް ކޮށްފައިވެ އެވެ.

ފިލްމު "ސްޕިރިޓް" އިން ކެޓްރީނާ ނުފެނުނަސް މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. މި ފިލްމުގެ ފަސްޓް ލުކް މިހާރު ދައްކާލާފައިވާއިރު 40 ޕަސެންޓު ޝޫޓިން މަސައްކަތްވެސް ވަނީ ނިމިފައި އެވެ.

ކެޓްރީނާ މި ދުވަސްވަރު ފިލްމީ ދާއިރާއިން ބްރޭކެއް ނަގައިގެން އުޅެނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފިރިމީހާ ވިކީ ކައުޝަލް އާއި ދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބުމުންނެވެ. ދަރިފުޅު ވިހާން ކޯޝަލް އަދި އާންމުންނަށް ނުދައްކާ ގެންގުޅެމުންދާއިރު އޭނާގެ ގިނަ ވަގުތު މި ދުވަސްވަރު ހޭދަކުރަމުންދަނީ އާއިލާ އާ އެކުއެވެ.

ކެޓްރީނާ އެންމެ ފަހުން ފެނުނީ 2024 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މެރީ ކްރިސްމަސް" އިންނެވެ.

Advertisement

ކޮމެންޓް