Advertisement

ހިނގާއިރު ނޭވާ ކުރުވުމަކީ ހިތުގެ ސީރިއަސް ބައްޔެއްގެ އަލާމާތެއް!

25 Jul 2026 | 11:11
ހިނގާއިރު ނޭވާ ކުރުވާނަމަ އެއީ ހިތުގެ ބައްޔެއްގެ އަލާމާތެއް ކަމަށް ބުނޭ --

ހިނގާއިރު ނޭވާ ހާސްވުމާއި ފަސޭހައިން ވަރުބަލިވުމަކީ މީހުންނަށް ހީވާގޮތުގައި ހަމައެކަނި ޢުމުރުން ދުވަސްވުމުގެ ނިޝާނެކެވެ.

އެހެންނަމަވެސް މިކަން ގުޅިފައިވަނީ އެއަށްވުރެ ސީރިއަސް ބައްޔަކާއި ކަން އިންޑިއާގެ ނިއުދިއްލީގެ މެކްސް ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޗެއާމަން ޑރ. ވިވެކާ ކުމާރު ވަނީ ވިދާޅުވެފައި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހިނގާއިރު ނޭވާ ކުރުވުމަކީ ހިތުގެ ސީރިއަސް ބައްޔެއްގެ ޢަލާމާތަކަށް ވެދާނެ ކަމަށެވެ.

Advertisement

މި މައުލޫމާތު އާންމުންނާއި ހިއްސާ ކުރަމުން ސޯޝަލް މީޑިއާގައި ޑރ. ވިވެކާ ފާހަގަ ކުރިގޮތުގައި މި ޢަލާމާތްތައް ފެންނަ ބައެއް މީހުންގެ ހިތުގެ އެއޯޓިކް ވޭލްވު ހަނިވެފައި ހުރުން އެކަށީގެންވާ ކަމަށެވެ.

މި ޙާލަތަކީ އެއޯޓިކް ވޭލްވު ސްޓީނޯސިސް ކިޔާ ބައްޔެކެވެ. ވޭލްވު ހަނިވުމުން ހިތަށް ލޭ ޕަމްޕު ކުރުމަށް އިތުރަށް ބާރު ލާން ޖެހި ހަށިގަނޑަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަމަށް އެ ޑޮކްޓަރު ވިދާޅުވިއެވެ.

މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި މޭމަތީގައި ބަރުކަން އިޙުސާސްވުމާއި ބޯ އެނބުރުމާއި ހޭ ނެތުން ހިމެނޭ އެވެ. އެ ޢަލާމާތްތައް ފެންނަ ނަމަ ލަސް ނުކޮށް ހިތުގެ ފުރިހަމަ ޓެސްޓެއް ހެދުން ވަރަށް މުހިންމު ކަމަށް ވެސް ޑޮކްޓަރު އިރުޝާދު ދެއްވިއެވެ.

އޭނާ ވިދާޅުވީ ވީހާވެސް އަވަހަކަށް ޑޮކްޓަރުގެ ލަފާ ހޯދައި ފަރުވާ ފަށައިފި ނަމަ ހިތް ރައްކާތެރި ކުރެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް