Advertisement

އިނގުރައިދޫ ސްކޫލް ދަރިވަރުންނަށް ކަރަންޓް ވައިރުކުރަން ދަސްކޮށްދީފި

24 Jul 2026 | 21:18
-

ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ހުނަރު ޕްރޮގްރާމް" ގެ ތެރެއިން ދަރިވަރުންނަށް ކަރަންޓް ވައިރުކުރުމުގެ ޢަމަލީ ތަޖުރިބާ ދަސްކޮށްދީފިއެވެ.

މި ސެޝަންތައް ނަގައިދީފައި ވަނީ ރ. އިނގުރައިދޫ ފެނަކަ ބްރާންޗުގެ ސީނިއާ ޓެކްނީޝަން ޢާރިފް ޢަބްދުއްރަޙްމާނާއި ޓެކްނީޝަން އިރުސާދު މުޙައްމަދެވެ.

Advertisement

މި ޕްރޮގްރާމަކީ ދަރިވަރުންނަށް ދިރިއުޅުމުގައި ބޭނުންތެރި ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ސްކޫލުގެ ޕީޓީއޭ އިން ހިންގާ ޕްރޮގްރާމެކެވެ. މި ފުރުޞަތު ފަހިކޮށްދިން ފެނަކައިގެ އިސްވެރިންނަށާއި އިނގުރައިދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންނަށް ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

ކޮމެންޓް