Advertisement

ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ދޮންކެޔޮވެސް ކެވޭނެ، މުހިންމީ ދޮންމިން!

24 Jul 2026 | 09:59
ބަރުދަން ލުއިކުރަން ދޮންކެޔޮ ކެއުމުގައި ދޮންމިން ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ކަމަށް ތަޖުރިބާކާރުން ބުނޭ!

ބަރުދަން ލުއިކުރުމުގެ މަގުގައި ދޮންކެޔޮ ކެއުމާ މެދު ޚިޔާލު ތަފާތުވެފައި ވީ ނަމަވެސް ދޮންވެފައި ހުންނަ ކެޔޮ ނުވަތަ ރޯ ކެޔޮ ކެއުމުން ހަށިގަނޑަށް ކުރާ އަސަރު ވަރަށް ބޮޑަށް ތަފާތުވާ ކަމަށް ކެއުމުގެ މާހިރުން ބުނެފިއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ދޮންކެޔޮގައި ހަކުރު ގިނަވުމުން ޑައެޓެއް ތެރޭ އެ ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ނަމަވެސް އަނެއް ބަޔަކު ދެކެނީ ދޮންކެޔޮ އަކީ ގުދުރަތީ ގޮތުން ހަކަތަ ފޯރުކޮށްދޭ ޕްރޮސެސް ކޮށްފައި ހުންނަ ލުއިކާނާއާ ދުރުވެވޭ ކާނާއެއް ކަމަށެވެ.

Advertisement

އެހެންނަމަވެސް ގިނަ ބައެއްގެ ސަމާލުކަމުން ކައްސާލައިގެންދާ ކަމަކީ ދޮންކެޔޮ ދޮންވެފައި ހުންނަ މިންވަރު ހަށިގަނޑަށް ކުރާ ނުފޫޒު ބޮޑުކަމެވެ. ކެލޮރީގެ ޢަދަދާއި ހަޖަމުކުރުމުގެ ބާރުމިނާއި ބަނޑުހައިހޫނުކަން ކެނޑޭ ވަރާއި ލޭގެ ހަކުރު ހުންނަ މިންވަރަށް ވެސް ކެޔޮ ދޮންވެފައި ހުންނަ މިންވަރުން ފަރަގު އާދެއެވެ.

ރޯ ދޮންކެޔޮ ނުވަތަ ފެހިކޮށް ހުންނަ ދޮންކެޔޮގައި ރެސިސްޓެންޓް ސްޓާޗު ނުވަތަ ފައިބަރާ އެއްގޮތަށް މަސައްކަތް ކުރާ ބާވަތެއް ގިނައެވެ. ހަޖަމުކުރުން ލަސްވެ ގިނައިރު ބަނޑުފުރިފައި ހުންނައިރު ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ނުދެއެވެ. އެހެންކަމުން ބަރުދަން ބެލެހެއްޓުމަށް ރޯ ކެޔޮ މާ ރަނގަޅު ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އެކަމަކު ދޮންވެފައި ހުންނަ ކެޔޮ ވެސް ބޭނުންތެރި ހާލަތްތައް މަދެއް ނޫނެވެ. ކަސްރަތުކުރުމުގެ ކުރިން ހަށިގަނޑަށް އަވަހަށް ހަކަތަ ފޯރުކޮށްދޭ ލުއި ކެއުމެއްގެ ގޮތުގައި ދޮން ކެޔޮ ބޭނުންކުރެވެއެވެ. ޑޯޕެމައިން އާއި ކެޓެޗިންސް ފަދަ އެންޓިއޮކްސިޑެންޓް ބާވަތްތައް ހިމެނޭތީ ދުޅަވުން މައިތިރިކުރުމުގައި އެހީވެ މެޓަބޮލިޒަމަށް ނުސީދާ ގޮތެއްގައި ފައިދާ ކުރެއެވެ.

މީގެ އިތުރުން ދޮންކެޔޮގައި ހިމެނޭ ޓްރިޕްޓޮފެން ގެ ސަބަބުން ހިތްހަމަޖެހުން ލިބި ޖަޒުބާތީ ގޮތުން ކެއުމާ ދުރުހެލިވުމަށް ބާރު ލިބެއެވެ.

ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި ދޮންކެޔޮ ވާންވާނީ ތަފާތު ކެއުންތައް ހިމެނޭ ޑައެޓެއްގެ އެއް ބައި ކަމަށެވެ. ކޮންމެ ދުވަހަކު ހަމައެކަނި ކާ މޭވާއެއްގެ ގޮތުގައި ދޮންކެޔޮ ކެއުމުން ނިއުޓްރީޝަނުގެ ބެލެންސް ގެއްލިދާނެ ކަމަށް ބުނެފައިވެ އެވެ.

ގިނަ ބޮޑެތި މީހުންނަށް ދުވާލަކު އެކެއް ނުވަތަ ދެ ދޮންކެޔޮ ކެއުމަކީ ރައްކާތެރި މިންވަރެކެވެ. ހެނދުނު ކެއުމުގައި ޔޯގަޓް ނުވަތަ އޯޓްސްއާ އެކު ކަސްރަތުގެ ކުރިން އެކަނި ނުވަތަ ކަސްރަތަށް ފަހު ޕްރޮޓީނާ ޖޯޑުކޮށް ވެސް ދޮންކެޔޮ ބޭނުންކުރެވެއެވެ.

ބަރުދަން ލުއިކުރުމުގެ ހުނަރަކީ ދޮންކެޔޮ ކެއުން ހުއްޓައިލުން ނޫން ކަމަށާއި މަޤުޞަދާ ގުޅޭ ދޮންމިނެއް ޚިޔާރުކުރުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

Advertisement

ކޮމެންޓް