Advertisement

އިންޑިއާގެ ޒުވާނުން މޯދީއާ ދެކޮޅަށް ސޯޝަލް މީޑިއާ ހަތިޔާރަކަށް ހަދައިފި

23 Jul 2026 | 16:34
-

އިންޑިއާގައި އިމްތިޙާނު ޕޭޕަރު ލީކުވުމާ ދެކޮޅަށް އެތައް ހާސް ދަރިވަރުންނެއް ޕާލިމެންޓް ކައިރިއަށް ނުކުމެ ކުރި މުޒާހަރާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް މުޅި ޤައުމަށް ފެތުރި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޖުލައި 20 ވަނަ ދުވަހު އިންޑިއާގެ ޕާލިމެންޓާ ދިމާއަށް ކުރި މި މުޒާހަރާގައި އެތައް ހާސް ބައެއް ވެރިރަށް ނިއު ދެއްލީގެ މައި މަގުތައް ބަންދުކޮށް، ތަޢުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ. ފުލުހުން މުޒާހަރާ ރޫޅާލުމުގައި 100 އަށް ވުރެ ގިނަ ދަރިވަރުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން ޙަރަކާތްތެރިވެފައި ވަނީ މޯދީގެ ސަރުކާރުގެ ސީދާ އެންގުމުގެ ދަށުންނެވެ.

Advertisement

މުޒާހަރާގެ ތެރެއިން ދަރިވަރުން ނެގި ފޯނު ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރި، ފުލުހުންގެ ބާރުގެ ބޭނުންކުރުން މުޅި ޤައުމުގެ ސަމާލުކަމަށް އައިސްފައިވެއެވެ. ފުލުހުން އަންހެން މުޒާހަރާ ބައިވެރިއެއްގެ ބުރަކަށީގައި މުގުރުން ޖެހުމާއި، ވެރިރަށުގައި ފުރަތަމަ ފަހަރަށް ޕެލެޓް ބަޑި ބޭނުންކުރުމާއި، ފުލުހުން މެޓާ ގްލާސް އެޅުން ފަދަ މަންޒަރުތައް ވީޑިއޯތަކުން ފެންނަ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ވަނީ ބާރުގެ ބޭނުން ނާޖާއިޒު ގޮތެއްގައި ކުރި ކަމަށް ބުނާ ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ.

މި މުޒާހަރާތައް ޖުލައި 20 ގެ ފަހުން މުމްބާއީ، ބެންގަލޫރު، ޕަޓްނާ، ލަކްނައު އަދި އައިޒޯލް ފަދަ ސިޓީތަކަށް ފެތުރިފައިވެއެވެ. މުޒާހަރާ އިންތިޒާމުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ބުނެފައި ވަނީ ތިން ޝަރުތެއް ފުރިހަމަ ނުވެ މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. އެ ޝަރުތުތަކަކީ ތަޢުލީމީ ވަޒީރު ޕްރަދާން އިސްތިއުފާ ދެއްވުމާއި، މުޒާހަރާ ބައިވެރީންނާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމާއި، ޕޭޕަރު ލީކުވުމާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ ޢާއިލާތަކަށް ގާތްގަނޑަކަށް 105,000 ޑޮލަރުގެ ބަދަލެއް ދިނުމެވެ.

Advertisement

ކޮމެންޓް