Advertisement

އެންޖެލީނާ ޖޯލީގެ ހަގު ދަރިފުޅުވެސް ނަމުން ބައްޕަގެ ބައި އުނިކުރަން ހުށަހަޅައިފި

23 Jul 2026 | 08:42
އެންޖެލީނާ ޖޯލީ އާއި ކުދިން --

އެންޖެލީނާ ޖޮލީ އާއި ބްރޭޑް ޕިޓްގެ އެންމެ ހަގު އަންހެން ދަރިފުޅު ވިވިއެން މާޝެލީން ޖޮލީ-ޕިޓް އޭނާގެ ނަމުން ބައްޕަގެ އާއިލީ ނަން ކަމަށްވާ "ޕިޓް" އުނިކޮށްދިނުމަށް އެދި އެމެރިކާގެ ލޮސް އެންޖެލިސް ކައުންޓީ ސުޕީރިއާ ކޯޓަށް ހުށަހަޅައިފިއެވެ.

ދާދި ފަހުން 18 އަހަރު ފުރުނު ވިވިއެން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ނަން ބަދަލުކުރަން ބޭނުންވާ ސަބަބެއް ކަމުގައި ބުނެފައިވަނީ "ޒާތީ" ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވިވިއެންއަކީ އެ ދެމީޙުންގެ ހަ ދަރިންގެ ތެރެއިން ބައްޕަގެ އާއިލީ ނަން ރަސްމީކޮށް އުނިކުރަން ހުށަހެޅި ހަތަރުވަނަ ދަރިފުޅެވެ.

Advertisement

މީގެ ކުރިން 2024 ވަނަ އަހަރު ޝައިލޯ ޖޮލީއަށް 18 އަހަރު ފުރުމާ އެކު ނަން ބަދަލުކުރުމުގެ ހުއްދަ ކޯޓުން ލިބި މިހާރު އޭނާ ބޭނުންކުރަނީ މަންމަގެ އާއިލީ ނަމެވެ. ހަމަ މި އަހަރުގެ ކުރީކޮޅު ޒަހާރާ މާލީ ޖޮލީ-ޕިޓް އާއި މެޑޮކްސް ޗިވަން ޖޮލީ-ޕިޓް ވެސް އެ މީހުންގެ ނަންތަކުން "ޕިޓް" އުނިކުރުމުގެ މަރުހަލާ ފެށި އެވެ.

ކެލިފޯނިއާގެ ޤާނޫނު ލާޒިމުކުރާ ގޮތުން ނަން ބަދަލުކުރަން އެދޭ ފަރާތްތަކުން ކޯޓު އަޑުއެހުމުގެ ކުރިން ޢާންމު ނޯޓިސް ޝާއިޢުކުރަން ޖެހެއެވެ. ޒަހާރާ 2023 ވަނަ އަހަރު ޔުނިވާސިޓީ ސޮރޯރިޓީ ތަޢާރަފް ވީޑިއޯއެއްގައި ޒަހާރާ މާލީ ޖޮލީގެ ނަމުގައި ޢާންމުންގެ ކުރިމައްޗަށް ނުކުމެފައިވާ އިރު މެޑޮކްސް ޖޮލީގެ ފިލްމު ކޫޗާ ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކްރެޑިޓް ކޮށްފައި ވަނީ މެޑޮކްސް ޖޮލީގެ ނަމުގައެވެ.

އެންޖެލީނާ އާއި ބްރޭޑްގެ 10 އަހަރުވީ ކައިވެނި ނިންމާލީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ދެ މީހުންގެ ވަރީގެ ކަންކަން ޤާނޫނީ ހަނގުރާމައަކަށް ފަހު ނިންމާލެވުނީ 2024 ވަނަ އަހަރު އެވެ.

Advertisement

ކޮމެންޓް
ޖެރާ
ޕިޓް އުނިކުރެވިދާނެ އެކަމް މޫނު ފެންނައިރަށްވެސް ބްރޭޑްޕިޓް ގެ ކުއްޖެއްކަން އެނގޭނެ ތަފާތެއްވެސް ނެތް ބައްޕައަކާ
23 Jul 2026