Advertisement

ސަލްމާނުގެ ސިއްހަތާއި ގުޅޭ އަޑުތަކަށް މަޒާޖީ ރައްދެއް!

20 Jul 2026 | 08:52
ސަލްމާން ހާން --

ބޮލީވުޑުގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ސިއްޙީ ޙާލަތާ މެދު ފެތުރެމުންދާ ވާހަކަތަކަށް އިންސްޓަގްރާމް މެދުވެރިކޮށް ސަމާސާ ރައްދެއް ދީފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ސަލްމާން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރީ ކަޅާއި ހުދުގެ ފޮޓޯ ސެޓެކެވެ. އެ ފޮޓޯތަކާ އެކު ޖެހި ކެޕްޝަނުގައި ލިޔެފައިވަނީ "އެންމެންގެ ސިއްޙީ ޙާލު ކިހިނެއްހޭ" މިހެންނެވެ.

Advertisement

ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އޭނާގެ ސިއްޙަތާ ބެހޭ ގޮތުން އޮންލައިންކޮށް ދެކެވެމުންދާ ވާހަކަތަކަށް ދޭ މަޖާ ޖަވާބެކެވެ. އެ ފޮޓޯތަކުގައި ސަލްމާން ފެންނަނީ ޖީންސް ޖެކެޓަކާއި ކައުބޯއީ ހެޓެއް އަޅައި ކެމެރާ ކުރިމަތީ ހަމަޖެހިލައިގެން ހުރި ތަނެވެ.

މީގެ ކުރިން ހަމަ މިދިޔަ ހަފުތާގައި ހިންގި ޙަފުލާއަކުން ސަލްމާން ފެނުނު ގޮތާ މެދު ގިނަ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރިއެވެ.

ހުކުރު ދުވަހު ސްލަމް ރީހެބިލިޓޭޝަން އޮތޯރިޓީ (އެސްއާރުއޭ)ގެ އޮފީހަށް ޒިޔާރަތްކޮށް އެ ތަނުގެ ޒަމާނީ ޑޭޓާ ކަލެކްޝަން އެންޑް ވެރިފިކޭޝަން ސަޕޯޓް ސެންޓަރު ހުޅުވައިދީ ގެދޮރު ލިބޭ ފަރާތްތަކަށް ތަޅުދަނޑި ޙަވާލުކުރި ޙަފުލާގައި ސަލްމާން ހުރީ ވަރުބަލިވެ ހިކިފައިވާ ކަމަށް ފެންނާތީއެވެ. ކެޕް އެއް އަޅައި ކެޝުއަލް ގޮތަކަށް ހެދުން އެޅި ނަމަވެސް އޭނާގެ ސޫރައިން ދައްކައިދިން ބަދަލުތަކާ ހެދި މީސްމީޑިއާގައި ބޮޑު ބަހުސެއް ހިނގައިގެން ދިޔައެވެ.

ސަލްމާންގެ ޕޯސްޓަށް ސަޕޯޓަރުންގެ ބޮޑު ތަރުޙީބެއް ލިބުނެވެ. މަޝްހޫރު ގިނަ މީހުން ވަނީ އެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނެ ކޮމެންޓު ކޮށްފައި އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ "މާތުރުބޫމީ: މެއި ވޯ ރެސްޓް އިން ޕީސް" ކިޔާ ހަނގުރާމައިގެ ފިލްމަކުންނެވެ. ސަލްމާ ޚާންގެ ޕްރޮޑަކްޝަން ހައުސް ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސްކޮށް އަޕޫރުވާ ލަކިޔާ ޑައިރެކްޓް ކުރާ މި ފިލްމުގައި ޗިތުރާންގަދާ ސިންގް ވެސް މުހިންމު ރޯލެއް ކުޅެއެވެ.

މި އަހަރުގެ އެޕްރީލް މަހު ރިލީޒް ކުރަން ކުރިން ތާވަލުކުރި ނަމަވެސް ފިލްމު ފަސްކޮށްފައިވާ އިރު ފިލްމު ހުއްޓައިލީ ކަމުގެ އަޑުތައް އުފެއްދި ފަރާތުން ދޮގުކޮށްފައިވެއެވެ. އާ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

Advertisement

ކޮމެންޓް