Advertisement

"ޗަންދޫ ޗެމްޕިއަން" އަށް ތައްޔާރުވާން ކާރްތިކް ރޭގަނޑު ބުއި ޓޮމާޓޯ ސޫޕްގެ ވާހަކަ!

19 Jul 2026 | 14:36
ކާރްތިކް އާރިޔާން --

ބޮލީވުޑް ތަރި ކާރްތިކް އާރްޔަން ޗަންދޫ ޗެމްޕިއަން ފިލްމަށް ހަށިގަނޑު ބައްޓަންކުރުމަށްޓަކައި ހަ މަސް ދުވަހު ރޭގަނޑުގެ ކެއުމެއްގެ ގޮތުގައި ޓޮމާޓޯ ސޫޕް ބޮއިގެން ނިދީ ކަމަށް ބުނެފި އެވެ.

ކާރްތިކް އަށް ހޮނިހިރު ދުވަހު ވަނީ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ ޗަންދޫ ޗެމްޕިއަންގައި ދެއްކި މޮޅު ހުނަރުގެ ސަބަބުން ނެޝެނަލް ފިލްމް އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ލިބިފައެވެ. އެ ފިލްމުގައި ކާރްތިކް ގެ އެކްޓިން އާ އެކު އޭނާގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލުވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދިއެވެ.

Advertisement

ކާރްތިކް އަކީ ވެޖިޓޭރިއަން އެކެވެ. އެހެންވެ ހަމަ އެކަނި ތަރުކާރީ ކައިގެން އުޅޭ މީހެއްގެ ހައިސިއްޔަތުން މަސައްކަތް ފަސޭހައެއް ނޫނެވެ.

ޓީވީ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ކާރްތިކް ބުނީ ރޭގަނޑު ޓޮމާޓޯ ސޫޕް ބޮއެގެން ނިދީ ކަމަށާއި ގާތްގަނޑަކަށް ހަ މަސް ދުވަހު އެއީ އޭނާގެ ރޫޓިން ކަމަށެވެ. ދޭތެރެ ދޭތެރެއިން ބްރޮކޮލީ ސޫޕެއް ލިބޭ ކަމަށާއި ނޫނީ ހަމައެކަނި ޓޮމާޓޯ ސޫޕް ކަމަށް އޭނާ ފާހަގަކުރިއެވެ.

ކާރްތިކް ސިފަކުރި ގޮތުގައި "ރޮބޮޓެއް ފަދައިން ކެއުމާއި ކަސްރަތު ކުރުން" އެއީ އޭނާގެ ދިރިއުޅުމެވެ.

ޓޮމާޓޯ ސޫޕުގެ އިތުރުން ޕަނީރު ޓޯފޫ ސޯޔާބީން އަދި ގިނަ އަދަދެއްގެ ސެލެޑް ވެސް ކާރްތިކްގެ ކެއުމުގެ ލިސްޓުގައި ހިމެނުނެވެ. ޓޯފޫ އާއި ޕަނީރުގައި ހިމެނޭ ކެސީން އާއި ސޯއީ ޕްރޮޓީނުގެ ސަބަބުން މަސްތައް ހެދި ރަނގަޅުވުމަށް އެހީތެރިވެދެއެވެ.

ހަށިގަނޑު ބައްޓަންކުރުމުގެ ކާމިޔާބީ ހޯދީ ޓީމެއްގެ މަސައްކަތުގެ ގޮތުގައި ކާރްތިކް ސިފަކުރިއެވެ.

މި ހަރުކަށި ރޫޓިންއާ އެކު ކާރްތިކް އަށް އަށް ގަޑިއިރު ނިދުމުގެ އާދަ ހަރުލައި މަސައްކަތުގައި ފޯކަސް އާއި ހުސިޔާރުކަން އިތުރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

ޗަންދޫ ޗެމްޕިއަން ވެގެންދިޔައީ ކާރްތިކް ގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިދިން ފިލްމަށެވެ.

Advertisement

ކޮމެންޓް