Advertisement

މިއަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗުގައި 30 މިނެޓުގެ ބްރޭކެއް!

16 Jul 2026 | 07:13
ވޯލްޑްކަޕް 26 ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަހީރާ ލަވަކިޔަނީ --

މިމަހުގެ 19 ގައި އޮންނަ ވޯލްޑްކަޕް ފައިނަލް މެޗުގައި ދެ ހާފްގެ ދެމެދުގައި 30 މިނެޓުގެ ބްރޭކެއް ދޭން ހަމަޖައްސައިފި އެވެ.

ފީފާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިއީ ވޯލްޑްކަޕް ތާރީހުގައި އަދި ފުޓުބޯޅައިގެ ތާރީހުގައި ދެ ހާފް ދެމެދުގައި އަންނަ ބްރޭކް 15 މިނެޓަށްވުރެ ދިގު ކުރާނެ ފުރަތަމަ ފަހަރެވެ. މިވަގުތު ދިގު ކުރަން ނިންމާފައިވަނީ މުނިފޫހިފިލުވުމުގެ ހަރަކާތެއް އެވަގުތުގައި ގެނެސްދިނުމަށެވެ.

Advertisement

މުނިފޫހިފިލުވުމުގެ ހަރަކާތް ކުރިޔަށް ދާނީ 11 މިނެޓަށެވެ. 30 މިނެޓުން ބާކީ ވަގުތަކީ އެ ހަރަކާތަށް ދަނޑަށް އަރުވާ ސާމާނު އެތަނުން ބާލައި ދަނޑު ކުޅެން ތައްޔާރު ކޮށްލުމަށް ހޭދަ ކުރާނެ ވަގުތެވެ.

ބްރޭކްގެ ވަގުތު އިތުރު ކުރުމަކީ ފީފާއިން ހަދާފައިވާ އަމިއްލަ ގަވައިދެއް މުގުރާލުމެވެ. އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) ގެ ގަވައިދު ބުނާގޮތުން ފުޓުބޯޅަ މެޗެއްގެ ބްރޭކް 15 މިނެޓަށްވުރެ އިތުރެއް ނުކުރެވޭނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފައިނަލް މެޗުގައި ކުރިޔަށްދާ މުނިފޫހިފިލުވުމުގެ ހަރަކާތުގައި މަޝްހޫރު ލަވަކިޔުންތެރިންގެ ހުށަހެޅުންތައް އޮންނާނެ އެވެ. މި ހުށަހެޅުމުގައި ބައިވެރިވާ މަޝްހޫރު ތަރިންގެ ތެރޭގައި ޝަކީރާ، މެޑޯނާ އަދި ޖަސްޓިން ބީބާ ހިމެނެ އެވެ.

ފީފާގެ މި ނިންމުމާއި ގުޅިގެން ފުޓުބޯޅަ ތަޖުރިބާކާރުންނާއި ސަޕޯޓަރުން ދަނީ ތަފާތު ޝުއޫރުތައް ފާޅު ކުރަމުންނެވެ. އެގޮތުން ވަގުތު އިތުރު ކުރުމުން ކުޅުންތެރިންގެ ރައްކާތެރިކަމާއި މެޗުގެ ފޯރި ގެއްލުން ފަދަ ކަންކަމަށް ބަލައި ހަދާފައިވާ ގަވައިދުތައް މުގުރާލުމުން އޭގެ ނުރަނގަޅު އަސަރު ފުޓުބޯޅައަށް ކުރާނެ ކަމަށް ބުނެ ފާޑު ކިޔާފައިވެ އެވެ.

މިފަހަރުގެ ވޯޅްޑް ކަފް ފައިނަލުގައި ބައްދަލު ކުރާނީ ސްޕެއިންއާއި އާޖެންޓީނާ އެވެ.

Advertisement

ކޮމެންޓް