Advertisement

އާޖެންޓީނާ - އިންގްލޭންޑު މެޗު ކުރިއަށް: މެޗު ބަލާއިރު އަމާންކަން ގެއްލޭފަދަ ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

15 Jul 2026 | 16:33
-

އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ބަލަން ތައްޔާރުވަމުންދާ ސަޕޯޓަރުންނާ ދިމާލަށް އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުކަމަށްވާތީ އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބާރަށް އަޑުގަދަކުރުމާއި ލަވަޖެހުމާއި ސައިކަލު ބަރުގޮނު އެޅުން ފަދަ އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭކަމަށެވެ.

Advertisement

މީގެއިތުރުން އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިވާނެ ގޮތަށް ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށްވެސް ފުލުހުން ވަނީ ދަންނަވާފައެވެ. ފުލުހުން ބުނިގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ މަގު ބޭނުންކުރާ އެހެން މީހުންނަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ މެޗުގެ ފޯރީގައި ބައިވެރިވާއިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށްވެސް އެދިފައެވެ.

Advertisement

ކޮމެންޓް