Advertisement

"ވެމްޕަޔާ ޑައިރީސް" ގެ ތަރި ޕޯލް ވެސްލީ ތިން ވަނަ ކައިވެނިކޮށްފި

14 Jul 2026 | 20:01
ޕޯލް އާއި ނަތާލީ --

"ދި ވެމްޕަޔަރ ޑައަރީޒް" ސީރީޒްގައި ސްޓެފަން ސަލްވަޓޯގެ ރޯލުން މަޝްހޫރުވި އެކްޓަރު ޕޯލް ވެސްލީ ތިން ވަނަ ކައިވެނި ކޮށްފި އެވެ.

43 އަހަރުގެ ޕޯލް މިފަހަރު ކައިވެނި ކުރީ 26 އަހަރުގެ ނަތާލީ ކުކެންބާގް އާއި އެވެ. ނަތާލީ އަކީ ޖަރުމަނުވިލާތާއި ބްރެޒިލަށް ނިސްބަތްވާ މޮޑެލްއެކެވެ.

Advertisement

ދެ މީހުންގެ ކައިވެނި އޮތީ ފެހިކަން ގަދަ ވިނަތަކާއި ސާފު ވައިލިބޭ ގުދުރަތީ ރީތިކަން ފެންނަ މާހައުލެއްގައި އެވެ. ނަތާލީ ވަނީ ދެމީހުން ކައިވެނި ކުރިކަން ހާމަކޮށް ދެމީހުންގެ ބެސްޓް މެއިޑަކީ ޕޯލްގެ ކުއްތާ ކަމަށް ބުނެފައި އެވެ.

ދެމީހުން އެންގޭޖުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ތެރޭގައި އެވެ. އޭރު އެކަން ހާމަކޮށް ނަތާލީ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދެމީހުން ގުޅުނީ މުޅި އުމުރަށް އެކުގައި އުޅުމަށް ކަމަށެވެ.

މިއީ ޕޯލް ވެސްލީގެ ތިންވަނަ ކައިވެންޏެވެ.

އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ "ދި ވެމްޕަޔާ ޑައަރީޒް" ސީރީޒްގައި ޑރ. މެރެޑިތު ފެލްގެ ރޯލު އަދާކުރި ޓޮރީ ޑިވިޓޯއާ އެވެ. އެއީ 2011 އިން 2013 އަށެވެ.

2019 ގައި  ޖުވެލަރީ ޑިޒައިނާ އިނޭސް ޑި ރެމޮން ކުރި ދެވަނަ ކައިވެނި ނިންމާލީ 2024 ވަނަ އަހަރު އެވެ.

Advertisement

ކޮމެންޓް