Advertisement

ލޯބިވާ ސީމާ ވަރި ކުރަންޖެހުނު ސަބަބު ސުހެއިލްގެ ދުލުން!

12 Jul 2026 | 15:54
ސުހައިލް ހާން ކުރީގެ އަނބިމީހާ --

ބޮލީވުޑް އެކްޓަރު އަދި ފިލްމް ޑައިރެކްޓަރު ސުހެއިލް ޚާނާއި އޭނާގެ ކުރީގެ އަނބިމީހާ ސީމާ ސަޖްދާ ވަރިވާން ޖެހުނު ސަބަބު ސުހެއިލް މީޑިއާ އާއި ހިއްސާކޮށްފި އެވެ.

ސުހެއިލް މި ވާހަކަތައް ހިއްސާ ކުރީ މިހާރު ކުރިޔަށްދާ ރިއަލިޓީ ޝޯ "އެލަޔަންސް" ގައި ވާހަކަދައްކަމުންނެވެ. އެ ޝޯގައި ސީމާވެސް މި ފަހުގެ އެޕިސޯޑެއްގައި ވަނީ ބައިވެރިވެފައި އެވެ.

Advertisement

އެ ޝޯގައި ސުހައިލް އުޅޭތަން ފެންނަނީ ވަރަށް އޯގާތެރި ފިރިއަކު އުޅޭހެންނެވެ. ސީމާއަށް ގްރީން ޓީ ހަދައިދޭ ތަނާއި ދެމީހުންގެ ސަލާމް ކުރުން ވަނީ ޝޯގެ އެހެން ބައިވެރިންނާއި ބެލުންތެރިންގެ ސަމާލުކަމަށް އައިސްފައި އެވެ.

މި މަންޒަރުތަކާއި ގުޅިގެން ބައިވެރިއަކު ވަނީ އެހާ ލޯބިވާއިރު ސީމާ ވަރިކުރީ ކީއްވެތޯ ސުހެއިލްއާ ސުވާލުކޮށްފައި އެވެ.

ސުހައިލް ބުނީ ވަރި ކުރީ އޭނާގެ ސިކުނޑި ރަނގަޅު ހާލަތުގައި އޭރު މަސައްކަތް ނުކުރުމުން ކަމަށެވެ. އެ ދުވަސްވަރަކީ ދިރިއުޅުމުގެ މަސައްކަތްތައް ކުރިޔަށް ނުދިޔަ ދުވަސްވަރެއް ކަމަށާއި އެފަދަ ދުވަސްވަރެއްގައި ހަގީގީ ލޯބިވާ ފަރާތެއް ގެއްލުވާލެވުނީތީ ހިތާމަ ކުރާ ކަމަށެވެ.

އިތުރަށް ސުހެއިލް ބުނެފައިވާ ގޮތުގައި ސީމާ އަކީ އޭނާގެ ދެ ދަރިންގެ މަންމަ ކަމަށާއި އޭނާއަށް ވަރަށް ގަދަރުކުރާ ކަމަށެވެ. އޭނާ ބުނީ އެލަޔަންސް ޝޯ ވެގެންދާނީ ހަނދާނުން ފިލައިގެން ނުދާނެ ޝޯއަކަށް ކަމަށެވެ. އެއީ ދެ މީހުންގެ ގެއްލިފައިވާ ގުޅުން އަނބުރާ ގުޅުވައިދިން ޝޯއަކަށް ވީމަ ކަމަށް ބުންޏެވެ.

ފަހުން ސީމާ ހާމަކުރި ގޮތުގައި ދެ މީހުންގެ ހަގު ދަރި ޔޯހަން ޝޯގައި ސީމާއަށް ސަޕޯޓު ކުރަމުންދާއިރު ދޮށީ ދަރި ނިރްވާން ބޭނުންވަނީ ސުހެއިލް މުބާރާތުން ކާމިޔާބު ހޯދާށެވެ.

ފަހުން ސުހެއިލް ޝޯގެ ތެރެއިން ދެއްކި ވާހަކައެއްގައި ބުނެފައިވަނީ ދެ ފިރިހެން ދަރިންވެސް ދިރިއުޅެނީ އޭނާ އާއެކުގައި ކަމަށާއި ސީމާ ހަފުތާއަކު ތިން ފަހަރު އޭނާގެ ގެއަށް ގޮސް ދަރިންނާ ވަގުތު ހޭދަކުރާ ކަމަށެވެ. އޭގެ އިތުރުން ސީމާގެ އަތުގައި މިހާރުވެސް އޭނާގެ ގޭގެ ތަޅުދަނޑިއެއް ހުންނަ ކަމަށްވެސް ސުހެއިލް ހާމަކޮށްފައިވެއެވެ.

އެ ދެމީހުން ކައިވެނި ކުރީ 1998 ވަނަ އަހަރު އެވެ. ދެ ކުދިން ލިބުނު ފަހުން ދެ މީހުން ވަރިވީ 2022 އަހަރު އެވެ.

Advertisement

ކޮމެންޓް