ޕީއެންސީގެ ދައިރާގެ ތަކުގެ ވޯޓުލުން ކުރިޔަށް ދަނީ
ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ދާއިރާގެ ތަކުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ.
ވޯޓޫލުން ކުރިޔަށްދާނީ މިއަދު ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ. މި އިންތިހާބުގައި އެ ޕާޓީގެ 2،500 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.
މިއަދު ކުރިޔަށް ދާ އިންތިހާބުގައި މާލޭގެ ހަތް ތަނެއްގައި ވޯޓު ފޮށިތައް ހުންނާނެ އެވެ. އަދި އަތޮޅު ތެރޭގެ 131 ރަށެއްގައި ވޯޓު ފޮށި ހުންނާނެ އެވެ.
މިއަދު ވޯޓުލުން ކުރިޔަށްދާ މަގާމުތަކުގެ ތެރޭގައި ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއް ކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އެހެންވެ، މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް އެކަންޏެވެ.
އީސީގެ ދަފްތަރުގައިވާ ގޮތުގައި މިވަގުތު އެ ޕާޓީގައި 74،048 މެމްބަރު އެބަތިއްބެވެ.