ގޭބީސީ، އޮފީސް އަދި ކަނޑު އުޅަނދުފަހަރަށް ޚާއްޞަ - މެރީކުއިޕް ލިތިއަމް ބެޓެރީ
ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުކުރުމަށް ބޭނުންވާ މުހިންމު ސާމާނު ފޯރުކޮށްދިނުމުގައި 2006 ވަނަ އަހަރުން ފެށިގެން އިތުބާރު ހޯދާފައިވާ މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑުން، "މެރީކުއިޕް" (MariQuip) ބްރޭންޑްގެ ލިތިއަމް އަޔަން ފޮސްފޭޓް (LiFePO₄) ބެޓެރީ ރާއްޖޭގެ ބާޒާރަށްވަނީ ތަޢާރަފުކޮށްފައެވެ.
މި ބެޓެރީތަކަކީ ކަނޑު އުޅަނދުފަހަރުތަކުގެ އިތުރުން ގޭބިސީތަކާއި، އޮފީސްތަކުގައި ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.
ލިތިއަމް ބެޓެރީގެ ތެރޭގައި ހިމެނޭ، LiFePO₄ ޓެކްނޮލޮޖީއަކީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެންމެ ކުރިއަރާފައިވާ ވަޞީލަތެވެ. އާދައިގެ ލެޑް-އެސިޑް ބެޓެރީތަކާ ޚިލާފަށް، މި ޓެކްނޮލޮޖީގައި ބޭނުންކުރާ ދަގަނޑު ފޮސްފޭޓް ކެމިސްޓްރީގެ ސަބަބުން ބެޓެރީ މާބޮޑަށް ހޫނުވެ ރޯވުމުގެ ނުރައްކާ ކުޑަވެފައި، ގިނަ ދުވަހު ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
މެރީކުއިޕް ބްރޭންޑްގެ ބެޓެރީތައް މިހާރު ލިބެން ހުރީ 5kWh އަދި 10kWh ގެ ދެ ސައިޒެއްގައެވެ. މި ދެ ބާވަތުގައިވެސް ހިމެނެނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއެވެ.
މި ބެޓެރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ 6,000 އަށްވުރެ ގިނަ ފަހަރު ޗާޖުކޮށްގެން ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން އޮތުމެވެ. މިއީ ގާތްގަނޑަކަށް 20 އަހަރުގެ ދިގު މުއްދަތެކެވެ. އާންމުކޮށް ބޭނުންކުރާ ލެޑް-އެސިޑް ބެޓެރީއެއް ބޭނުންކުރެވެނީ 300 އާއި 500 އާ ދެމެދުގެ އަދަދަކަށް ޗާޖުކޮށްގެން ކަމަށްވާއިރު، މެރީކުއިޕް ބެޓެރީން އެއަށްވުރެ 10 ގުނަ އިތުރު ޚިދުމަތެއް ލިބިގެންދާނެއެވެ.
ބެޓެރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މީގައި ހިމެނޭ "ސްމާޓް ބީއެމްއެސް" (ބެޓެރީ މެނޭޖްމަންޓް ސިސްޓަމް) އިން، އޯވާޗާޖްވުމާއި، މާބޮޑަށް ޑިސްޗާޖްވުމާއި، ޝޯޓް ސާކިޓްވުން އަދި ހޫނުމިން މަތިވުން ފަދަ ކަންކަމުން ބެޓެރީ ފުރިހަމައަށް ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން، ބެޓެރީގައި ހަރުކޮށްފައިވާ އެލްސީޑީ ޓަޗް ޑިސްޕްލޭ މެދުވެރިކޮށް، ބެޓެރީގެ ހާލަތު ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މެރީކުއިޕް ބެޓެރީއަކީ ފާރުގައި ހަރުކޮށްގެން ނުވަތަ ތަޅުމުގައި ބަހައްޓައިގެންވެސް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. ގޭބިސީތަކާއި އޮފީސްތަކުގައި ސޯލާ ޕެނަލާ ގުޅައިގެން ކަރަންޓު ރައްކާކުރުމަށް މި ބެޓެރީ ބޭނުންކުރެވޭއިރު، މިއީ ބޯޓުފަހަރާއި ލޯންޗުތަކުގެ "ހައުސް ބެޓެރީ" އެއްގެ ގޮތުގައި ބޭނުންކުރުމަށްވެސް އެންމެ ފުރިހަމަ އެއް ވަޞީލަތެވެ.
މީގެ އިތުރުން، ބޭނުންވާ ކެޕޭސިޓީއަށް ބަލައި 15 ބެޓެރީއާ ހަމައަށް އެއްކޮށް ގުޅާލައިގެން ސިސްޓަމް ފުޅާކުރުމުގެ ފުރުޞަތު އޮވެއެވެ. ބާޒާރުގައި ހުރި މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ސޯލާ އިންވާޓަރުތަކާވެސް މި ބެޓެރީ ފަސޭހަކަމާއެކު ގުޅާލެވޭނެއެވެ. އެހެންކަމުން، މިއީ އިމާރާތެއްގައި ވިޔަސް ނުވަތަ ކަނޑު އުޅަނދެއްގައި ވިޔަސް ބޭނުންކުރުމަށް އެންމެ އިތުބާރު ހުރި ޒަމާނީ ޙައްލެކެވެ.
ރާއްޖެ ފަދަ ހޫނު ގަދަ މާހައުލެއްގައި، އާދައިގެ ލެޑް-އެސިޑް ބެޓެރީތައް އަވަހަށް ހަލާކުވުމުގެ އިތުރުން، ދޭތެރެ ދޭތެރެއިން ފެން އެޅުން ފަދަ ބެލެހެއްޓުންތައް (maintenance) ބޭނުންވެއެވެ. ނަމަވެސް، މެރީކުއިޕް LiFePO₄ ބެޓެރީއަކީ އެފަދަ ބެލެހެއްޓުމެއް ބޭނުންނުވާ، ހޫނު މޫސުމުގައިވެސް އެންމެ ފުރިހަމައަށް މަސައްކަތްކުރާ، ދިގު މުއްދަތަށް ބަލާއިރު ޚަރަދު ކުޑަ ޙައްލެކެވެ.
ކަނޑު އުޅަނދުފަހަރުގައި މި ބެޓެރީ ބޭނުންކުރުމުން ލިބޭ އަނެއް ފައިދާއަކީ، އާދައިގެ ބެޓެރީއާ އަޅާބަލާއިރު ބަރުދަން ދެބައިކުޅަ އެއްބައި ލުއިވެފައި، ލިބޭ ހަކަތަ ދެގުނަ އިތުރުވުމެވެ. މީގެ ސަބަބުން އުޅަނދުގެ ބަރުދަން ލުއިވެ، ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.
މެރީކުއިޕް LiFePO₄ ލިތިއަމް ބެޓެރީ ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މެރިން އިކުއިޕްމަންޓްސްއާ ގުޅުއްވުމަށް ދައުވަތު އަރުވަމެވެ.