Advertisement

ޕާކިސްތާނުގެ ބާނީގެ 150 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހަރަކާތެއް ބާއްވައިފި

11 Jun 2026 | 23:45
-

ޕާކިސްތާނުގެ ބާނީ ޤާއިދުލް އައުޒަމް މުޙައްމަދު ޢަލީ ޖިނާޙްގެ 150 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕާކިސްތާން ހައި ކޮމިޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ޖިނާޙްގެ ލީޑަރޝިޕާއި ތަޞައްވުރާއި ތާރީޚީ ޚިދުމަތްތަކުގެ ހަނދާންތައް އާކުރުމަށް ދަރިވަރުންނާއި އިއްޒަތްތެރި މެހެމާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ބޭއްވި މި ރަސްމިއްޔާތު ފެށުނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ ދެއްވި މަރުޙަބާގެ ބަސްފުޅުންނެވެ. އެއަށްފަހު ޖިނާޙްގެ ޙަޔާތްޕުޅާއި ޤައުމީ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލެވުނެވެ.

Advertisement

ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދަރިވަރުންގެ މެދުގައި ބޭއްވި ބަހުސް ސެޝަނެވެ. ލީޑަރޝިޕާއި ވެރިކަން ހިންގުމުގެ ނިޒާމާއި ތާރީޚީ ކަންކަމާ ގުޅޭ ގޮތުން ފުންކޮށް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު އެ ސެޝަނުގެ ތެރެއިން ދަރިވަރުންނަށް ލިބިގެންދިޔައެވެ. ޕާކިސްތާނު މުޖުތަމަޢުގެ އިސް ބޭފުޅުންނާއި އެ ދާއިރާގެ ތަޖުރިބާކާރުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި ޑިޕްލޮމެޓިކް ދާއިރާގެ މަންދޫބުންނާއި ދަރިވަރުންގެ އިތުރުން ދަޢުވަތު އެރުވުނު މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. ހަރަކާތް ނިންމާލީ ބަހުސްގެ ނަތީޖާ އިޢުލާންކޮށް ދަރިވަރުންނަށް އިނާމު ދިނުމާއި ސަގާފީ ހަރަކާތްތައް ދައްކާލުމާއި ހަނދާނީ ފިލާ އެރުވުމުގެ ރަސްމިއްޔާތަކުންނެވެ.

Advertisement

ކޮމެންޓް