Advertisement

އެމްއެންޔޫގެ މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ އަޅައި، ބޮޑު މަޝްރޫޢެއް ފަށައިފި

12 Jun 2026 | 11:11
-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ބިންގާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އާއި ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުމާއި ޔުނިވަރސިޓީގެ ތާރީޚު ތަދުވީނުކުރުމަށް ކައުންސިލުން ނިންމެވި ނިންމެވުމާ ގުޅުވައިގެންނެވެ.

Advertisement

ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ފާހަގަކުރެއްވި ގޮތުގައި މި ތިން ހަރަކާތަކީ ވެސް އެއް ކަމެއް އަނެއް ކަމާ ގުޅިލާމެހިފައިވާ، ޔުނިވަރސިޓީގެ ތަރައްޤީއާއި ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ލަނޑުދަނޑިތަކެކެވެ.

މި ޢިމާރާތް ފަރުމާކޮށްފައި ވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފުރިހަމައަށް ލިބޭ ގޮތަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެގޮތުން ކެންޓީނާއި ރެސްޓޯރެންޓާއި ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކަށް ޚާއްޞަ ޖާގަތަކާއި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ހިމެނެއެވެ. އޭގެ އިތުރުން ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތަކާއި ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްއަށް ޚާއްޞަ ޖާގައާއި ޒަމާނީ ލެބޯޓްރީތަކާއި އޮފީސްތަކާއި ޕާކިންގެ ޚިދުމަތް ވެސް މި ބިނާގައި ހިމެނެއެވެ.

ހުޅުމާލޭގައި ޤާއިމުކުރާ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެން ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް މި ޢިމާރާތުގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ. މިއީ ނިސްބަތުން ބޮޑު މަޝްރޫޢަކަށް ވާތީ މަސައްކަތް ރޭވިފައި ވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ.

Advertisement

ކޮމެންޓް