Advertisement

ރާއްޖޭގައި ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ފައިސާ ނެގި އިންޑިއާ މީހަކު ހައްޔަރު

07 Jul 2026 | 09:28
-

ރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ، ފޭކް ވާކް ޕާމިޓް ހަދައިގެން ޒުވާނުންގެ އަތުން ފައިސާ ނެގި އިންޑިއާ މީހަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އާޒަމްގަޅް ސައިބާ ސެލް އާއި ސިދާރީ ފުލުހުން ގުޅިގެން ހައްޔަރުކުރީ ހައިދަރުއާބާދު ޗައްޓުވާރާގެ މުކޭޝް ޔާދަވް (29 އ.) އެވެ. އާޒަމްގަޅް އެސިސްޓެންޓް ސުޕރިންޓެންޑެންޓް އޮފް ޕޮލީސް (ރޫރަލް) ޗިރާގް ޖައިން ހޯމަ ދުވަހު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ޕްރަތިބިމްބް ޕޯޓަލް މެދުވެރިކޮށް ޝައްކުކުރެވޭ ބޭންކް އެކައުންޓްތަކާއި އޭޓީއެމް ހޮޓްސްޕޮޓްތައް ބަލަމުން ދަނިކޮށް، ރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ މީހުން ހައްދާ މީހަކު ސައިކަލުގައި ޗައްޓުވާރާ އަށް ދަތުރުކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ މައުލޫމާތަށް ބިނާކޮށް ސައިބާ ސެލް އާއި ސިދާރީ ފުލުހުން ގުޅިގެން ހައިވޭ ކައިރީގައި ހުރި ކެއުންބުއިމުގެ ތަނެއް ރެއިޑްކޮށް ޔާދަވް ހައްޔަރުކުރީ ކަމަށް ޖައިން ބުންޏެވެ.

Advertisement

ޔާދަވްގެ އަތުން ރާއްޖެއާ ގުޅޭ ފޭކް ދެ ވާކް ޕާމިޓާއި، ފޯނަކާއި، އައިޑީ ކާޑަކާއި، 200 ރުޕީސް އަދި ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ތަޙުޤީޤުގައި ޔާދަވް އެއްބަސްވީ، ރާއްޖޭގެ ވާކް ޕާމިޓުގެ ފޯމެޓް އިންޓަނެޓުން ޑައުންލޯޑްކޮށް، ފޯނުން އެޑިޓްކޮށްގެން ފޭކް ލިޔެކިޔުންތައް ހެދީ ކަމަށެވެ. މީގެ ކުރިން މުމްބާއީގައި މާޗަންޓް ނޭވީގައި މަސައްކަތްކުރި ދުވަސްވަރު އުފެދުނު ގުޅުންތައް ބޭނުންކޮށް، މަސައްކަތްތެރިންގެ އިތުބާރު ހޯދައި، ބޭރު ޤައުމުތަކުން ވަޒީފާ އާއި ވިސާ ހޯދައިދޭނެ ކަމަށް ބުނެ ފައިސާ ނެގީ ބައިބަޔަށް ކަމަށް ފުލުހުން ބުނެއެވެ.

ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ވެސްޓް ބެންގޯލުން ހުށަހެޅި މައްސަލައެއްގައި ޔާދަވްގެ ބޭންކް އެކައުންޓަކަށް 21,000 ރުޕީސް ފްރޯޑް ޓްރާންސްފާ ކޮށްފައިވެއެވެ. ޖައިން ބުނީ މައްސަލައެއް ރެޖިސްޓާކޮށް، ޔާދަވްގެ ބޭންކް އެކައުންޓްތަކާއި ބައިވެރިންނާއި ފުޅާ ނެޓްވާކް ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް