ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިމިޓެއް ނެތް ޕްލޭނަށް ހިލޭ އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް
ދިރާގު ފައިބަރ ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް، އިތުރު ފީއަކާ ނުލައި "ލިމިޓެއްނެތް ފައިބަރ" ޕްލޭންތަކަށް އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ޕެކޭޖް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ. ފައިބަރ 5އެމް ސްޓާޓަރ، ފައިބަރ 5އެމް ބޭސިކް، ފައިބަރ 5އެމް، ފައިބަރ 10އެމް ބޭސިކް އަދި ފައިބަރ 15އެމް ސްޓާޓަރގެ އިތުރުން ޝަރުތު ހަމަވާ އެހެން ޕެކޭޖްތައް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ފައިދާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖުލައި 31 ގެ ނިޔަލަށެވެ. ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ "މައި އެކައުންޓް" މެދުވެރިކޮށް އެ ކަން ކުރެވޭނެއެވެ. މީގެ އިތުރުން ދިރާގުގެ ކަސްޓަމަރ ސާވިސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ވެސް އަޕްގްރޭޑް ކުރެވޭނެއެވެ.