Advertisement

ޕާކިސްތާނުގެ ވައިގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުން 36 މީހުން މަރުވެ 163 މީހުން ޒަޚަމްވެއްޖެ

29 Jun 2026 | 15:15
ޕާކިސްތާނުން ދަނީ އަފްގާނިސްތާނާއި ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލު ކުރަމުން --

ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދީ 36 މީހުން މަރާލައިފި އެވެ

އަފްޣާނިސްތާނުގެ ތޯލިބާން ސަރުކާތުން ހާމަކުރި ގޮތުގައި އިރުމަތީ ތިން ޕްރޮވިންސަކަށް ވައިގެ ހަމަލާތަކާއި އެއްގަމު އޮޕަރޭޝަންތައް ދީ 36 ޢާންމުން މަރައި 163 މީހުން ވަނީ ޒަހަމް ކޮށްލާފައި އެވެ.

Advertisement

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އައްތާﷲ ތަރާރު ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންތަކަކީ ކަރާޗީގައި ހަފުތާ ބަންދުގައި ދިން ހަމަލާއެއްގައި ތިން ސެކިއުރިޓީ އޮފިސަރުން މަރާލި ހަނގުރާމަވެރި ޖަމާޢަތަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. ޕާކިސްތާނުގެ ސިފައިން ފުރަތަމަ "އިންޓެލިޖެންސް ބޭސްޑް ގްރައުންޑް އޮޕަރޭޝަން" އެއް ހިންގުމަށް ފަހު ބޯޑަރު ހުރަސްކޮށް ހަނގުރާމަވެރިންގެ ފިލާ ތިބި ތަންތަނަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތާލިބާން ސަރުކާރުން ބުނީ ޕަކްތީއާ ޕަކްތީކާ އަދި ކުނަރު ޕްރޮވިންސްތަކަށް ދިން ހަމަލާތައް އަމާޒުވީ ޢާންމުން ދިރިއުޅޭ ގެތަކަށް ކަމަށެވެ. އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ޕަކްތީކާ ޕްރޮވިންސްގެ މަންދީޚެލް އަވަށުން ކަމަށް ތާލިބާން އޮފިޝަލުން ބުނެފައިވެއެވެ. ތާލިބާނުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު މި ހަމަލާތައް ސިފަކުރީ "ފިނޑި ޢުދުވާނީ ޢަމަލެއް"ގެ ގޮތުގައެވެ. ނަމަވެސް ޕާކިސްތާނުން ބުނީ ހަމަލާ އަމާޒުކުރީ ހަނގުރާމަވެރިންގެ ފިލާ ތިބި ތަންތަނަށް ކަމަށެވެ.

ކަރާޗީ ހަމަލާގެ ޒިންމާ ނަގާފައި ވަނީ ޓީޓީޕީގެ ގޮފިއެއް ކަމަށްވާ ޖަމާޢަތުލް އަޙްރާރުންނެވެ. އެ ހަމަލާގައި ސިންދް ރޭންޖާސްގެ ތިން މެންބަރުން މަރުވެ ތިން ހަނގުރާމަވެރިން ވެސް މަރުވެފައިވެއެވެ. ހައްޔަރުކުރެވުނު ހަތަރު ވަނަ ހަނގުރާމަވެރިޔަކީ އަފްޣާނިސްތާނު ރައްޔިތެއް ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

ދެ ޤައުމުގެ ގުޅުން ވަނީ 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައިފަހުން ވަރަށް ބޮޑަށް ގޯސްވެފައެވެ. މިދިޔަ ފެބްރުއަރީ މަހު ހަފުތާތަކެއް ވަންދެން ދެ ޤައުމު ދެމެދު ހަމަނުޖެހުން ހިނގައި ގިނަ ބަޔަކު މަރުވިއެވެ. މާރިޗު މަހު ކާބުލްގެ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަކަށް ޕާކިސްތާނުން ދިން ހަމަލާއެއްގައި ސަތޭކައެއްހާ މީހުން މަރުވިއެވެ. މިދިޔަ އޮކްޓޫބަރު މަހު ބައިނަލްއަޤުވާމީ މެދުވެރިކަމުގައި އެއްބަސްވި ހަނގުރާމަ ހުއްޓާލުން މިހާރު ވަނީ ރޫޅިފައެވެ.

Advertisement

ކޮމެންޓް