Advertisement

ދިވެހި ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙްމާން ކުއްލި ގޮތަކަށް ނިޔާވެއްޖެ

18 Jun 2026 | 14:01
-

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގައި ޚިދުމަތްކުރައްވަމުން ދިޔަ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙްމާން (ސނ: 5536) މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ޙުސައިން ޢަބްދުއްރަޙްމާނަކީ ދިވެހި އަސްކަރިއްޔާގައި 21 އަހަރާއި ހަތް މަހާއި 16 ދުވަހު އިޚްލާޞްތެރިކަމާ އެކު ޚިދުމަތްކުރައްވާފައިވާ ބޭކަލެކެވެ.

Advertisement

ޙުސައިން ޢަބްދުއްރަޙްމާން ކުއްލި ގޮތަކަށް ނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުޙޫމުގެ ޢާއިލާއަށާއި ދިވެހި ސިފައިންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންގެ ނަމުގައި ވެސް ވަނީ މަރުޙޫމުގެ ޢާއިލާއަށާއި ދިވެހި ސިފައިންނަށް ތަޢުޒިޔާ ދަންނަވައިފައެވެ. އެމްއެންޑީއެފުން ބުނީ މި ވަގުތަކީ ދިވެހި ސިފައިންނަށް ވެސް ފުން ހިތާމައެއް ލިބުނު ވަގުތެއް ކަމަށެވެ.

މާތް ﷲ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙްމާންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، މަރުޙޫމުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން.

Advertisement

ކޮމެންޓް