Advertisement

ހިމަބިހީގެ އިތުރު ފަސް ކޭސް ފެނި، ޖުމްލަ 20 އަށް އަރައިފި

16 Jun 2026 | 21:50
-

ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ފަސް މީހަކު ޕޮޒިޓިވްވެ، މި އަހަރު މިހާތަނަށް ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ޖުމްލަ ޢަދަދު 20 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައި ވަނީ، މި އަހަރުގެ ފުރަތަމަ ކޭސްތައް ފެނުނީ މެއި 13 ވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ. މިދިޔަ ހަފްތާގެ ކުރިން، މި އަހަރުގެ ޖުމްލަ ޢަދަދު ހުރީ 15 ކޭހުގައެވެ.

Advertisement

ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނެގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ.

ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޭސްތައް އިތުރުވާން ފެށުމާ އެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ހިމަބިހީގެ ޢަލާމާތް ހުންނަ މީހުންނަށް ޚާއްޞަ ހެލްޕް ޑެސްކެއް ޤާއިމުކޮށްފައެވެ. ރާއްޖެއިން ހިމަބިހި ނައްތައިލެވިފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައެޅީ 2017 ވަނަ އަހަރުއެވެ.

Advertisement

ކޮމެންޓް