Advertisement

އަލިފާނުގެ ފޯލްސް އެލާމަކާއެކު ރޭލަކުން ފޭބި ހަތަރު މީހަކު އެހެން ރޭލެއްގެ ދަށުވެ މަރު

15 Jun 2026 | 11:22
-

އިންޑިއާގެ މެދުޕްރަދޭޝްގެ މޮރީނާ ޑިސްޓްރިކްޓުގައި، ރޭލެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ދޮގު އަޑެއް ފެތުރި، ބިރުން ރޭލުން ފައިބައި ރޭލު ދަގަނޑު މަތީ ތިބި ހަތަރު މީހެއްގެ ގައި މައްޗަށް އެހެން ރޭލެއް އަރައި ހަތަރު މީހުން މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މަރުވީ ތިން އަންހެނަކާއި ކުޑަކުއްޖެކެވެ. ރަސްމީ ފަރާތްތަކުން ބުނީ، ގުވާލިއާރުން ފުރި އުދައިޕޫރު އިންޓަސިޓީ އެކްސްޕްރެސް ރޭލު މަޑުކުރީ، ޢާންމު ކޮމްޕާޓްމަންޓެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ދޮގު އަޑު ފެތުރުމުން ކަމަށެވެ.

Advertisement

ބިރުގެންފައި ތިބި ފަސިންޖަރުން އަވަސް އަވަހަށް ރޭލުން ފައިބައި، ދަގަނޑު މައްޗާއި ކައިރީގައި ތިއްބެވެ. ހަމަ އެ ވަގުތު ޖެހިގެން އޮތް ލައިނުން ޕާޓަލްކޮޓް އެކްސްޕްރެސް ދޯލްޕޫރާ ދިމާއަށް ދަތުރުކުރީއެވެ. ދަގަނޑު މައްޗަށް ނުކުމެ ތިބި ބައެއް ފަސިންޖަރުންނަށް އެ ރޭލު ފެންނަ ވަރު ނުވެ، ހަތަރު މީހުންގެ ގައި މައްޗަށް ރޭލު އެރީއެވެ. 

ރޭލުވޭ އިދާރާ އާއި ފުލުހުން ވަނީ، އަލިފާނުގެ ދޮގު އަޑު ފެތުރުނު ގޮތް ތަޙުޤީޤުކުރަން ފަށާފައެވެ.

Advertisement

ކޮމެންޓް