ހިޔާ ކޮމާޝަލް އިން ދެ ޔުނިޓެއް ކުއްޔަށް ދޫކުރަން އެޗްޑީސީން ހުޅުވާލައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ކޮމާޝަލް އިން އޯޕަން މާކެޓް ޑިމާންޑަށް ދެ ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން ނެރުނު އިއުލާނުގައިވާ ގޮތުން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 546.27 އަކަފޫޓުގެ ޔުނިޓެއް (ހިޔާ 12 ޓަވަރުގެ ގްރައުންޑް ފްލޯ) އާއި 554.66 އަކަފޫޓުގެ ޔުނިޓެއް (ހިޔާ 10 ޓަވަރުގެ ގްރައުންޑް ފްލޯ) އެވެ. ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި ޕްރީ-ޕްރޮޕޯސަލް ބައްދަލުވުމެއް 14 ޖޫން 2026 ގައި ޒޫމް މެދުވެރިކޮށް ބާއްވާނެއެވެ. އެ ކަމާ ގުޅޭ ސުވާލުތައް 17 ޖޫންގެ ކުރިން [email protected] އަށް ފޮނުވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ 1 ޖުލައި 2026 ގައި މެންދުރު 1:00 އާއި 2:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރަށެވެ.
ޕްރޮޕޯސަލާ ގުޅޭ ފުރިހަމަ ލިޔެކިޔުންތައް އެޗްޑީސީގެ ވެބްސައިޓުންނާއި ޕްރޮޕަޓީޒް ވެބްސައިޓުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.