ފިނޭންސް މިނިސްޓަރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރަކަށް، ޓެކްސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ޙަސަން ޒަރީރު ޢައްޔަންކުރައްވައިފިއެވެ.
ޒަރީރަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަޤާމަށް ޒަރީރު ޢައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަމީރު ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ ސިއްޙީ ސަބަބުތަކަށްޓަކައި ކަމަށެވެ. ޒަމީރު މާލީ ވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދެވީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު 30 އިން ފެށިގެންނެވެ.