Advertisement

ވިލިމާލެއަށް އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް - 55 ދުވަހުން ނިންމަނީ

06 Jun 2026 | 14:36
-

ވިލިމާލޭގެ ޖެޓީ ސަރަހައްދުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢު 55 ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދޭން ފެށުމަކީ އެފްއެސްއެމްގެ އަމާޒެވެ.

މި ފިއުލް ސްޓޭޝަނަކީ ވިލިމާލޭގެ ރައްޔިތުންނަށާއި މާލެ ސަރަހައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާއިމުކުރާ ސްޓޭޝަނެކެވެ. މި ސްޓޭޝަންގެ ޚިދުމަތް ފެށުމުން، ތެޔޮ އެޅުމަށް މާލެއަށް ނުވަތަ އެހެން ސަރަހައްދުތަކަށް ކުރަން ޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށް އެފްއެސްއެމް އިން ބުނެއެވެ.

Advertisement

ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި ސްޓޭޝަނުން ޕެޓްރޯލާއި ޑީސަލްގެ ޚިދުމަތް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ޖެޓީ ސަރަހައްދުން ކަނޑު އުޅަނދުފަހަރަށް ފެނުގެ ޚިދުމަތް ވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ސްޓޭޝަން ޖެޓީ ސަރަހައްދުގައި ގާއިމުކުރަން ނިންމީ ކަނޑު އުޅަނދުފަހަރަށް އެންމެ ފަސޭހައިން ތެޔޮ އެޅޭނެ ގޮތް ހެދުމަށް ކަމަށް އެފްއެސްއެމް އިން ބުނެއެވެ.

Advertisement

ކޮމެންޓް