ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ސުންގަޑި ހޯމަ ދުވަހާ ހަމައަށް އިތުރުކޮށްފި
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
މި މުބާރާތަކީ ގްރޭޓަރ މާލެ ޒޯނާއި ސެންޓްރަލް ޒޯނަށް ހުޅުވާލައިގެން، މި މަހުގެ 14 އިން 25 އަށް ބޭއްވުމަށް ތާވަލުކޮށްފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސްކޫލް އަދި މަދަރުސާތަކުން ޕާޓިސިޕޭޝަން ފޯމު ފުރިހަމަކޮށް، ހޯމަ ދުވަހުގެ ރޭ 22:00 ގެ ކުރިން އެސޯސިއޭޝަނަށް ހުށަހަޅަން ޖެހެއެވެ.
ޖޫރިމަނާއަކާ ނުލައި މުބާރާތުން ވިތްޑްރޯ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 10 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އެވެ. މުބާރާތުގެ އެންޓްރީ ލިސްޓް މި މަހުގެ ނުވަ ވަނަ ދުވަހު ޢާންމުކުރާ އިރު، ޑްރޯ މީޓިން އަދި މެނޭޖާޒް މީޓިން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ.