ހިތަދޫ އުތުރު ގޮނޑީގެ ވޯޓުލުން ފެށިގެން ކުރިއަށް - 20 އިންސައްތަ މީހުން ވޯޓު ލައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ. ހެނދުނު 11:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 19.29 އިންސައްތަ މީހުން ވޯޓު ލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކައެވެ.
މި ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ ޖުމްލަ 4،121 މީހަކަށެވެ. އޭގެ ތެރެއިން 11:00 ގެ ނިޔަލަށް ވޯޓު ލާފައި ވަނީ 795 މީހެކެވެ. ވޯޓު ލީ ފިރިހެނުންގެ އަދަދަކީ 409 އެވެ. އަންހެނުންގެ އަދަދަކީ 386 އެވެ.
މި ބައި-އިލެކްޝަނަކީ މި ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. މި ގޮނޑިއަށް ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤެވެ. ވޯޓުލުން ކުރިއަށް ދަނީ ހަތް ވޯޓު ފޮށީގައެވެ.