Advertisement

ފައިސާގެ ދަހިވެތިކަމުގައި ސިންގަޕޫރުގައި ގަސްތުގައި 70 އަށްވުރެ ގިނަ އެކްސިޑެންޓް ހިންގި ޑްރައިވަރަކު ޖަލަށް

05 Jun 2026 | 21:29
-

އަމިއްލަ ދިރިއުޅުމުގެ ޚަރަދު ހޯދުމަށް ގަސްތުގައި ޓްރެފިކް އެކްސިޑެންޓް ރާވައި، ކުށެއް ނެތް ޑްރައިވަރުންގެ އަތުން ފައިސާ ހޯދި ސިންގަޕޫރު މީހަކު 32 ހަފުތާ އަށް ޖަލަށް ލައި 6,000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ދެނިއެލް އަލީ ލިއާގަތު އަލީ (28 އަހަރު) ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2024 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް މަދުވެގެން 73 ޓްރެފިކް އެކްސިޑެންޓެއްގައި ބައިވެރިވެފައެވެ. އޭގެ ގިނަ އެކްސިޑެންޓަކީ ގަސްތުގައި ރާވައިގެން ހިންގި އެކްސިޑެންޓެވެ. ބުރާސްފަތި ދުވަހު ސިންގަޕޫރުގެ ކޯޓުން ވަނީ އޭނާ ޖަލަށް ލުމުގެ އިތުރުން، ޖަލުން މިނިވަންވާ ތާރީޚުން ފެށިގެން 48 މަސް ދުވަހަށް ލައިސަންސް ހިފަހައްޓައިފައެވެ.

Advertisement

ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ދެނިއެލް ދުއްވާ އިރު އެހެން ވެހިކަލްތަކާ ނުރައްކާތެރި ވަރަށް ކައިރިކޮށް ދުއްވައި، ގަސްތުގައި ބްރޭކް ނުޖައްސައި ނުވަތަ ބާރަށް ދުއްވައިފައި ގޮސް ސައިޑް ސްވައިޕް ކޮލިޝަނެއް ހިންގައެވެ. ކޮންމެ ހާދިސާއަކަށް ފަހު ވެސް އެ ޑްރައިވަރަކު ކައިރިއަށް ގޮސް 180 ޑޮލަރާއި 1,500 ޑޮލަރާ ދެމެދުގެ ފައިސާ "ޕްރައިވެޓް ސެޓުލްމެންޓް" ގެ ގޮތުގައި ހޯދައެވެ.

މީގެ އިތުރުން 29 ޓްރެފިކް އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓު ނުކޮށް ފޮރުވައިފައިވެއެވެ. ދައުލަތުގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި ދެނިއެލް "މަގު ހެދީ އަމިއްލަ މައިން ފީލްޑަކަށް" ކަމަށާއި، އެއްވެސް ޑްރައިވަރަކަށް ސީރިއަސް އަނިޔާއެއް ނުލިބުނީ ނަސީބު ރަނގަޅުކަމުން ކަމަށެވެ.

ޓްރެފިކް ޖަރީމާތަކުގެ އިތުރުން ދެނިއެލް ވަޒީފާ އަދާކުރި ބޭކަރީ ކެފޭ "ސެޑެލޭ" އިން ވެސް ވައްކަން ކޮށްފައިވެއެވެ. ކަސްޓަމަރުންގެ ވިޔަފާރީގެ ޕޮއިންޓު އަމިއްލަ އެކައުންޓަށް ޖަމާކޮށް 70,000 ޕޮއިންޓު އެއްކޮށް 100 ޑޮލަރުގެ ވައުޗަރެއް ނެގި ކަމަށާއި، ކަސްޓަމަރެއްގެ އަތުން 100 ޑޮލަރު ވެސް ޖީބަށް ލީ ކަމަށް ކޯޓު ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

ކޮމެންޓް