Advertisement

ޙައްޖުގެ އަޅުކަމަށް ފަހު ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

05 Jun 2026 | 21:17
ފައިލް ފޮޓޯ: ދުވަސް

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު، ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިރޭ ރާއްޖެ އަތުވެއްޖެއެވެ. މި ގްރޫޕުގައި 241 ޙައްޖުވެރިން ދަތުރުކޮށްފައިވެއެވެ.

ދިވެހި ޙައްޖު މިޝަނުން ބުނީ ޙައްޖުވެރިން ރާއްޖެ ގެނައުމަށް ޖުމްލަ ހަތަރު ފްލައިޓް ހަމަޖެހިފައިވާ ކަމަށެވެ. ދެވަނަ ފްލައިޓް އަންނާނީ މި މަހުގެ ހަތް ވަނަ ދުވަހު (އަންގާރަ) ހަވީރު 5:40 ގައި މޯލްޑިވިއަންގައެވެ. ތިން ވަނަ ފްލައިޓް އަންނާނީ މި މަހުގެ އަށް ވަނަ ދުވަހު (ހޯމަ) މެންދުރުފަހު 2:00 ގައި ސައުދިއާ އެއާލައިނުގައެވެ. ފަހު ފްލައިޓް އަންނާނީ މި މަހުގެ ނުވަ ވަނަ ދުވަހު (އަންގާރަ) ދަންވަރު 12:00 އެހާކަންހާ އިރު މޯލްޑިވިއަންގައެވެ.

Advertisement

ދިވެހިރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފަރާތްތައް މައްކާއަށް ފުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހެއްގައި ބޭއްވި ހަތަރު ފްލައިޓުގައެވެ. ޙައްޖުވެރިން ދަތުރުކުރީ ސައުދިއާ އަދި މޯލްޑިވިއަން އެއާލައިނުގައެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ލިބެނީ 1,000 ކޯޓާއެވެ.

Advertisement

ކޮމެންޓް