Advertisement

ވިއްކައިލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނެ ކުރީގެ ފިރިމީހާ އާ ދެކޮޅަށް މައްސަލައެއް

05 Jun 2026 | 19:59
-

އަންހެނަކު އެހެން މީހަކަށް ވިއްކައިލާނެ ކަމަށް ބުނެ ކުރީގެ ފިރިމީހާ ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ މިއަދު ހެނދުނު ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މަޢުލޫމާތަށް ބަލާ އިރު، ކުރީގެ ފިރިމީހާ އެ އަންހެން މީހާ އެހެން މީހަކަށް ވިއްކައިލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ފުލުހުން ބުނީ މި މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތެއް ހިމެނިފައި ނުވާ ކަމަށެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކައިލައިފައިވާ ކަމުގެ ނުވަތަ އިންސާނީ ވަގުފާރީގެ މުޢާމަލާތެއް ހިންގައިފައިވާ ކަމުގެ ތުހުމަތެއް ވެސް ހިމެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

Advertisement

ކޮމެންޓް