Advertisement

އިމްރާން ހާޝިމީގެ "އަވާރާޕަން 2" ގެ ޝޫޓިން ނިންމައި އޮގަސްޓުގައި ރިލީޒް ކުރަނީ

05 Jun 2026 | 17:18
-

ބޮލީވުޑް ތަރި އިމްރާން ހާޝިމީ ލީޑް ރޯލު ކުޅޭ ރޮމޭންޓިކް ތްރިލާ ފިލްމު "އަވާރާޕަން 2" ގެ ޝޫޓިން ނިންމައި، އޮގަސްޓު 14 ގައި ސިނަމާތަކުގައި ދައްކަން ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފިލްމުގެ ޕްރޮޑަކްޝަން ބެނާ ވިޝޭޝް ފިލްމްސް އިން ބުރާސްފަތި ދުވަހު ބުނީ، ރާޖަސްތާނާއި ދެކުނު އިރުމަތީ އޭޝިއާގެ ލޮކޭޝަންތަކުގައި ކުރިއަށް ގެންދިޔަ ޝޫޓިން މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. ފިލްމުގައި އިމްރާން ހާޝިމީއާ އެކު ކޯ-ސްޓާރެއްގެ ގޮތުގައި ދިޝާ ޕަޓާނީ ހިމެނެއެވެ.

Advertisement

މި ސީކުއެލްގައި އިމްރާން ހާޝިމީ އެނބުރި އަންނަނީ 2007 ވަނަ އަހަރުގެ އޮރިޖިނަލް "އަވާރާޕަން" ގައި އޭނާ ދިރުން ގެނެސްދިން ޝިވަމްގެ ރޯލަށެވެ. މޯހިތު ސޫރީ ޑައިރެކްޓް ކުރި އެ ފިލްމުގައި ޝިވަމް އަކީ ހިޓްމޭނެއްގެ ރޯލު އަދާކުރާ ކެރެކްޓާއެކެވެ. ސީކުއެލް ޑައިރެކްޓް ކުރީ ނިތިން ކައްކަރެވެ. ސްކްރީންޕްލޭ ލިޔުނީ ބިލާލް ސިއްދީޤީ ކަމަށްވާ އިރު، ޕްރޮޑިއުސް ކުރީ ވިޝޭޝް ބަޓެވެ.

އިމްރާން ހާޝިމީ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީގައި ނެޓްފްލިކްސް އިން ޕްރިމިއާ ކުރި ކްރައިމް ތްރިލާ "ޓަސްކަރީ" އިންނެވެ.

Advertisement

ކޮމެންޓް