Advertisement

އެމްއެންޔޫގެ "ފަހި ފުރުސަތު" ޖޮބް ފެއާ 32 ސްޓޯލާ އެކު ފެށިގެން ކުރިއަށް

04 Jun 2026 | 19:48
-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ފަހި ފުރުސަތު 2026" ޖޮބް ފެއާ، ޔުނިވަރސިޓީގެ މައި މަރުކަޒާއި އަތޮޅުތަކުގެ ކެމްޕަސްތަކުގައި އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

މި އިވެންޓް އިފްތިތާޙްކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. ޖޫން ތިނަކުން ފަހަކަށް ކުރިއަށްދާ މި ފެސްޓިވަލް ހިނގާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް، އެމްއެންޔޫ އިދާރީ މަރުކަޒުގައެވެ. އަތޮޅު ކެމްޕަސްތަކުގައި މި ހަރަކާތް ކުރިއަށްދާނީ ޖޫން ތިނެއް އަދި ހަތަރެއް ގައެވެ.

މިފަހަރުގެ ފެސްޓިވަލްގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތުން 32 އަށް ވުރެ ގިނަ ފަރާތަކުން ސްޓޯލް ބަހައްޓާފައިވެއެވެ. ވަޒީފާގެ ފުރުސަތުތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ކެރިއާ ގައިޑެންސް ވެސް ފޯރުކޮށްދޭނެއެވެ.

މިއީ އެމްއެންޔޫ އިން ދަސްވެނިވާ ދަރިވަރުންނަށާއި ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކުގެ އިތުރުން އާންމު ހުރިހާ ފަރާތްތަކަށް ހުޅުވައިލައިގެން ބާއްވާ މައުރަޒެކެވެ.

Advertisement

ކޮމެންޓް